ދިވެހިރާއްޖެ
އިޢުލާން 1444 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް ހުއްދަ ދިނުމާގުޅޭ 1444 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ރާއްޖެއިން ބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމަށް ހުއްދަ އަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ކަނޑައެޅިފައިވާ ފޯމު ("ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމުގެ ހުއްދައަށް އެދޭ ފޯމް") ފުރިހަމަކޮށް ލިޔުންތަކާއެކު 2023 ފެބުރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މާލެ ސިޓީފިޔަވައި އެހެން ސިޓީ ކައުންސިލުގެ އިދާރާތައް ހިމެނޭ ރަށްރަށާއި ރަށު ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާ އިން ފޯމާއި އެހެނިހެން ލިޔުންތައް މި މިނިނިސްޓްރީ އަށް ހުށަހަޅުއްވާނީ، 2022 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކަމުގައި ދަންނަވަމެވެ. އަދި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ ތަކުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ރަމަޟާން މަހު ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރައްވާ ރާއްޖެއިން ބޭރުގެ ޙާފިޡަކަށް އެލަވަންސް ފައިސާ ދިނުމުގެ މިންގަޑަކީ، ރަމަޟާން މަހުގައި ކުރެވޭ ތަރާވީޙު ނަމާދުގައި އިމާމުކަން ކުރުމަށް ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލުގެ 3 ވަނަ ނަންބަރުގެ (ށ) ގައިވާ ގޮތުގެމަތިން އާބާދީގެ ނިސްބަތުންނެވެ. މިގޮތުން ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް -/200 (ދުއިސައްތަ) ރުފިޔާގެ މަގުން ފައިސާގެ އެލަވަންސެއް ދެވޭނެވެ. ވީމާ 1444 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާނެ ރާއްޖެއިން ބޭރުގެ ޙާފިޡުން ހޯދުމަށް "ދިވެހި ސަރުކާރުގެ ގެޒެޓް ގެ ވޮލިއުމް: 49 އަދަދު: 30 ތާރީޚް: 17 ފެބުރުވަރީ 2020"ގެޒެޓު ކުރެވިފައިވާ "ރަމަޟާންމަހުގައި ކުރެވޭ ތަރާވީޙް ނަމާދުގައި އިމާމުކަން ކުރުމަށް ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލު" ގައިވާ ގޮތުގެ މަތިން ރާއްޖެއިން ބޭރުން ޙާފިޡުން ގެންނެވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ގައުމުތަކުގެ މީހުންނަށް ރާއްޖޭގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ (ވަރކްޕާމިޓް) އޮންނަ، އަދި އެފަދަ ދާއިރާއަކާ ގުޅޭ މުއައްސަސާ އެއް މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރައްވާ އަދި ޙާފިޡު ކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ. މި އުސޫލާ ޚިލާފަށް ހުށަހަޅުއްވާ ފޯމުތަކަށް ޢަމަލުކުރެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. 03 ޖުމާދަލްއާޚިރާ 1444 26 ޑިސެންބަރު 2022 |