ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު

މަޤާމު:

ލޭބަރ (ވަގުތީ) 

ބޭނުންވާ ޢަދަދު:       

03

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/3,000 ރ. އާއި -/6,500 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

  • އަސާސީ ތަޢުލީމް ފެންވަރުހުރުން
  • ރާނާ ސިމެންތިޖަހަން އެނގުން
  • ކުލަ، ދަވާދު އަދި ވަރުނިސްލާން އެނގުން
  • ވޯލްޕޭޕަރ ހިއްޕުމުގެ މަސައްކަތްކުރަން އެނގުން
  • ތެދުވި ވަޑާމުގެ މަސައްކަތް ކުރަން އެނގުން
  • އުސްތަންތަނަށް އެރުމާއި ބަރު އެއްޗެހި އުފުލައި ހެދޭ މީހަކުކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން
  • އުމުރާއި ޞިއްޙީގޮތުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ މީހަކުކަމުގައިވުން

ދާއިރާގެ މައިގަނޑު މަސައްކަތް:

ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

04 ޑިސެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 3 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަގުތީ ވަޒީފާތަކެކެވެ.

މި ވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފެންވަރު ނުވަތަ ޝަރުޠުގައި ބަޔާން ކޮށްފައިވާ މަސައްކަތްތައް ކުރަންއެގޭކަން އަންގައިދޭ ލިޔުންތަކާ އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 04 ޑިސެންބަރު 2014 ދުވަހުގެ 15:00 ގކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014
ހޯދާ