މަގާމު:
ބޭނުންވާ ޢަދަދު:
މަގާމުގެ ބާވަތް:
މަގާމުގެ ރޭންކް:
ސެކްޝަން / ޔުނިޓް:
އޮފީސް:
ވަޒީފާ އަދާކުރަންޖެހޭ ތަން:
މުސާރަ:
ސަރވިސް އެލަވަންސް:
ސްޕެޝަލް ޑިއުޓީ އެލަވަންސް
އިތުރު އިނާޔަތްތައް:
|
ސީނިއަރ އޮފިސަރ ރިސޯސް މެނޭޖްމަންޓް / JN-009
1 (އެކެއް)
ދާއިމީ
DMT3-1
އިމަޖެންސީ އޮޕަރޭޝަން ޔުނިޓް
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
މަހަކު -/8235 ރުފިޔާ
މަހަކު -/3294 ރުފިޔާ
މަހަކު 75/3705 ރުފިޔާ
- މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
|
މައިގަނޑު މަސައްކަތްތައް
- ރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން ދޭންޖެހޭ ވަގުތީ ބޯހިޔާވަހިކަމަށް ބޭނުންވާ އެންމެހާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުން.
- މިއޮތޯރިޓީގެ އިމަރޖެންސީ އޮޕަރޭޝަންގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްތައް ބެލެހެއްޓުން.
- އީ.އޯ.ސީގެ ޑިއުޓީ އޮންކޯލް މަސައްކަތްތައް ކުރުން އަދި އޮންކޯލް ޑިއުޓީ ޓޭބަލްއާއި އެއްގޮތަށް ޑިއުޓީ ޙަވާލުކުރެވެމުންދޭތޯ ބަލާ މޮނިޓަރ ކުރުމާއި، މި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓާކައި އެހީތެރިވެ ދިނުން.
- ކާރިޘާއެއްގެ ސަބަބުން ގެއްލުންލިބުމުގެ ފުރުޞަތު ކުޑަކުރުމާއި ކާރިޘާތަކަށް ތައްޔާރުވުމާއި ކާރިޘާއެއް ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޕްލޭންގައިވާ ގޮތުގެ މަތިން ކާރިޘާއާއި ގުޅިގެން ލިބިފައިވާ ގެއްލުންތަކުގެ އެންމެހާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން އަދި އެސެސްމަންޓް ހަދަންޖެހޭ ހާލަތްތަކުގައި އެސެސްމަންޓް ހެދުމުގައި ލަފާ ދިނުމާއި، އެމަސައްކަތްތައް ރާވާ މޮނިޓަރ ކުރުން.
- ކާރިސާތަކުގައި ލިބޭ ގެއްލުމާބެހޭ މަޢުލޫމާތާއި، ލިބުނު އެހީއާއި، އެ އެހީ ފޯރުކޮށްދެވުނުގޮތުގެ މަޢުލޫމާތު ބެލެހެއްޓުން.
- ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓެންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތައް ރާވާ ހިންގުމަށް ބޭނުންވާނޭ އެހީތެރިކަން ފޯރުކޮށްދިނުން.
- ސަރުކާރާއި އެހެނިހެން ދާއިރާތަކުގައި ކާރިސާއަށް އަހުލުވެރިކަން އިތުރުކުރުމާއި ދިވެހި ރެޑް ކްރެސެންޓާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
|
މަގާމުގެ ޝަރުތުތައް:
|
- މަސައްކަތާ ގުޅުންހުރި ދާއިރާ (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ޑިވެލޮޕްމަންޓަލް ސްޓަޑީޒް، އިންޓަރނޭޝަނަލް ރިލޭޝަންސް، ޕްރޮޖެކްޓް އެންޑް ފައިނޭންސް މެނޭޖްމަންޓް) އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. "މި ތަޖުރިބާގެ ތެރޭގައި މަސައްކަތާއި ގުޅުންހުރި ދާއިރާ އަކުން 01 އަހަރު ދުވަހު މަސައްކަތްކޮށްފައިވުމާއެކު ު މަސައްކަތުގެ އިދާރާއެއްގައި 02 އަހަރު ދުވަހުގައި މަސައްކަތު ކޮށްފައިވުން. ނުވަތަ،
- 2. މަސައްކަތާ ގުޅުންހުރި ދާއިރާ (ޑިޒާސްޓަރ މެނޭޖްމަންޓް،އެންވަޔަރަންމަންޓް މެނޭޖްމަންޓް،އިމަރޖެންސީ މެނޭޖްމަންޓް،ޑިވެލޮޕްމަންޓަލް ސްޓަޑީޒް،އިންޓަރނެޝަނަލް ރިލޭޝަންސް،ޕްރޮޖެކްޓް ފައިނޭންސް އެންޑް މެނޭޖްމަންޓް) އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަގާމު:
ބޭނުންވާ ޢަދަދު:
މަގާމުގެ ބާވަތް:
މަގާމުގެ ރޭންކް:
ސެކްޝަން / ޔުނިޓް:
އޮފީސް:
ވަޒީފާ އަދާކުރަންޖެހޭ ތަން:
މުސާރަ:
ސަރވިސް އެލަވަންސް:
ސްޕެޝަލް ޑިއުޓީ އެލަވަންސް
އިތުރު އިނާޔަތްތައް:
|
މީޑިއާ އޮފިސަރ / JN-023
1 (އެކެއް)
ދާއިމީ
DMA4-1
އެގްޒެކެޓިވް ބިއުރޯ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
މަހަކު -/7495 ރުފިޔާ
މަހަކު -/2998 ރުފިޔާ
މަހަކު 75/3372 ރުފިޔާ
- މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- މީޑިއާތަކާއި، މުއައްސަސާތަކަށް އަދި އާއްމުންނާއި މައުލޫމާތު ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ އިންތިޒާމް ކުރުން.
- ކުއްލަހާލަތްތަކާއި ކާރިސާތަކަށް އިޖާބަދިނުމުގެ މަސައްކަތްތަކާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި އާއްމުންނާއި ހިއްސާކުރުން
- . މިއޮތޯރިޓީގެ ސޯޝަލް މީޑިއާ އަދި ވެބްސައިޓު އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
|
މަގާމުގެ ޝަރުތުތައް:
|
މަސައްކަތާ ގުޅުންހުރި ދާއިރާ (ޖާނަލިޒަމް، މާކެޓިންގ، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮރމޭޝަން މެނޭޖްމަންޓް (އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު %40
- މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު %20
ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %40
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މަގާމުތަކަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 05 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓް ލުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 – 15 ޖަނަވަރީ 2023 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|