މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

                                           އިޢުލާން

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

  މިއިންސްޓިޓިއުޓްއިން 2023 ގައި ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދުންފެށިގެން ވަނީ ހުޅުވާލެވިފައެވެ. ކޯހާއިގުޅޭ އިތުރު މަޢުލޫމާތު 3347396 / 7925046 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 ކޯހުގެ ނަން:ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް (MQA Approved Level 5)

 މުއްދަތު:1 އަހަރު (2 ސެމިސްޓަރ)

 ކޯހުގެ ފީ: ހިލޭ

ކޯސް ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 25 ޖެނުއަރީ 2023

 ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ. ބޯޅަގެ) / ކ.މާލެ 

 ޖާގަ: 35

ސުންގަޑި: 05 ޖަނަވަރީ 2023 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް

އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ތަން: www.youth.gov.mv

އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ތަން: އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނީ ގޫގުލް ލިންކް   https://docs.google.com/forms/d/1bfMdK-QHG1WiX6Ojd5I4Rfj5jAYETcEBFVs_DoKVr8c/edit   މެދުވެރިކޮށް ނުވަތަ މިއިންސްޓިޓިއުޓްގެ އީމެއިލް [email protected] މެދުވެރިކޮށެވެ.

 ޝަރުތު:

ހ. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ

ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 4 ގެ ފާހެއް އޮތުން. ނުވަތަ

ނ. މި ޑިޕްލޮމާ ޕްރޮގްރާމަށް ފާސްކޮށްފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީ ޕްރޮގްރާމެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. ލެވެލް 4 ގެ ސަނަދެއް ފުރިހަމަކޮށްފައިއޮތުން (ގުޅުން ނެތް)، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިއޮތުން. ނުވަތަ

ބ. އުމުރުން 20 އަހަރު ފުރިފައިވުމާއެކު ސެކަންޑަރީ ސްކޫލް (ގްރޭޑް 6 – 10 އަށް) ފުރިހަމަކޮށްފައިވުމާއި ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި އޮތުން.

ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

-  އެޕްލިކޭޝަން ފޯމް (ގޫގަލް ފޯމް މެދުވެރިކޮށް)

-  ދިވެހިރައްޔިތެއްކަން އަންގައިދޭ ލިޔުން

-  ސީވީ

-  ތަޢުލީމީ ސެޓްފިކެޓްތަކާއި ، ދާއިރާއާއި ގުޅުންހުރި ލިޔުންތައް

ނޯޓް:

-  ކޯހުގެ ޖާގައަށްވުރެ ކުރިމަތިލާފައިވާ ފަރާތްތައް ގިނަ ނަމަ، ޝޯޓްލިސްޓް ކުރުމުގައި ދާއިރާއާއި ގުޅުންހުރި ދާއިރާތަކުގެ މަސައްކަތު ތަޖުރިބާއާއި ތަޢުލީމީ ސެޓްފިކެޓްތަކަށް ބެލެވޭނެއެވެ.

26 ޑިސެންބަރު 2022
ހޯދާ