ދިވެހިރާއްޖެ
ރ. އަނގޮޅިތީމުގައި ކުނި އުކާލުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގެ ކުނި އުކާލަދީ ކުނިކޮށި ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކުގެ ބީލަން ފޮތް ބައްލަވައިގެން 2023 ޖަނަވަރީ 08 ވާ އާދިއްތަ ދުވަހުގެ 13:15 އަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ފޮތް 2022 ޑިސެންބަރު 28 ވާ ބުދަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އާދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަގީ -/150 (ސަތޭކަ ފަންސާސް) ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ޖަނަވަރީ 15 ވާ އާދިއްތަ ދުވަހުގެ 13:15 ގައެވެ.
މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތީމު ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ ހާޒިރުވާ ފަރާތުގެ އައިޑީ ކާޑާއި، ވެރިފަރާތުގެ ސިޓީއާއި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމަށް އަދި އަގު ހުށައެޅުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.
މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.
- އަގު 85 (ޕަސަންޓް)
- މާލީ ޤާބިލް ކަމަށް 10 (ޕަސަންޓް)
- ތަޖްރިބާ 5 (ޕަސަންޓް)
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.