މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.ކެލާ މަދަރުސަތުއްޝައިޚް އިބްރާހިމްގެ 2023 ޖޫން 30 އާއި ހަމަޔަށް ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ހއ.ކެލާ މަދަރުސަތުއްޝައިޚް އިބްރާހިމްގެ 2023 ޖޫން 30 އާއި ހަމަޔަށް ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ސްކޫލުގެ އީމެއިލް [email protected] އަށް މެއިލްކޮށްގެން (މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުންކަން ކަށަވަރު ކުރަށްވާނެ) ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް މެއިލް ފޮނުވަންޖެހޭ މުއްދަތަކީ މިއިޢުލާން ގެޒެޓްކުރާ ވަގުތުން ފެށިގެން 03 ޖަނަވަރީ 2023 ގެ 14:00 އަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލް ގައި ، އިޢުލާން ނަންބަރ ، ގުޅޭނެ ފޯނު ނަންބަރު ޖެހުމަށް ފަހު ވިޔަފާރީ ރަޖިސްޓްރީގެ ސްކޭން ކޮޕީ އެއް އެޓޭޗް ކުރެވިފައިއޮންނަށްވާނެއެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 ޖަނަވަރީ 2023 ގެ 12:00 ގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރިބިޑް މީޓިންގ އޮންނާނީ 04 ޖަނަވަރީ 2023 ގެ 10:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޭވީރޫމުގައެވެ.
- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 05 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޭވީރޫމުގައެވެ.
- މިކަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝެއިޚު އިބްރާހީމް ސްކޫލް
މިސްކިތްމަގު ކެލާ، ދިވެހިރާއްޖެ.
ފޯން: 6500097
އީ-މެއިލް: [email protected]
27 ޑިސެންބަރު 2022
ހޯދާ