އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - އިންފޮމޭޝަން ޓެކްނޮލޮޖީ

އިޢުލާން ނަންބަރު: ASND-HR-IUL-2022-081

މަޤާމް: ސީނިއަރ އޮފިސަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް/ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް،މާލެ

 

މަޤާމުގެ ޝަރުތު:

  1. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅޭ ދާއިރާއަކުން ލެވެލް 7 ގެ ސަނަދެއް އޮތުން، ނުވަތަ
  2. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް އޮތުމާއިއެކު އައިޓީ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުނީގެ އިންފޮމޭޝަން ސިސްޓަމްތައް ބޭނުންކުރުމުގައި ސާރވިސް ޕްރޮވައިޑާރސްއަށް ބޭނުންވާ ސަޕޯރޓް ފޯރުކޮށްދިނުން.
  2. އައިޓީ ޕްރޮސެސްތަކާއި، ކުންފުނީގެ އިންފޮމޭޝަން ސިސްޓަމްތައް ޑޮކިއުމެންޓް ކުރުން،
  3. ކުންފުނީގެ އިންފޮމޭޝަން ސިސްޓަމްތަަކުގެ ޓްރެއިނިންގް ސްޓާފުންނަށް ދިނުން،
  4. ޑިޕާރޓްމަންޓްގެ އެކިއެކި ރިޕޯޓުތައް ތައްޔާރުކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ތަޖުރިބާ އާއި ހުނަރު ލިބިފައިވުން. އަދި މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން

 

މުސާރައާއި އިނާޔަތް :

  • -/16،000 ރުފިޔާ އާއި، -/19،000 ރުފިޔާ އާ ދެމެދުގެ އަދަދެއް (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެ).

 

ކުރިމަތިލުމުގެ ސުންގަޑި: 10 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ:
    • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
    • މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ ހޭދަވީ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3011419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

27 ޑިސެންބަރު 2022
ހޯދާ