ދިވެހިރާއްޖެ
ޝައުޤު ވެރިކަން ހުށަހެޅުމުގެ ދަޢުވަތު
ހުޅުމާލެ ފޭސް 2 އަދި މާލެ ސިޓީގެ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންގެ ފިސިބިލިޓީ ސްޓްޑީއަދި ކޮންސެޕްޓޗުއަލް ޑިޒައިން ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުން
MV-MONPI-327457-CS-CQS
މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް ޕްރޮޖެކްޓް
Grant No.:IDA-D5540
ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތިގައި ލިބިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން "ހުޅުމާލެ ފޭސް 2 އަދި މާލެ ސިޓީގެ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންގެ ފިސިބިލިޓީ ސްޓްޑީއަދި ކޮންސެޕްޓޗުއަލް ޑިޒައިން ތައްޔާރުކުރުމަށްކޮންސަލްޓަންޓް" އެއް ހޯދުމަށްވަނީ ހަމަ ޖެހިފައެވެ.
މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، ހުޅުމާލެ ފޭސް 2 އަދި މާލެ ސިޓީގެ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންގެ ފިސިބިލިޓީ ސްޓްޑީއަދި ކޮންސެޕްޓޗުއަލް ޑިޒައިން ތައްޔާރުކުރުމެވެ. މިމަސައްކަތުގެ މުއްދަތަކީ 12 މ ަސްދުވަހެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް https://planning.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޣުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. ޝޯޓްލިސްޓް ކުރެވޭ ކްރައިޓީރިއާ އަކީ: (ހ) ވޯޓަރ އެންޑް ސެނިޓޭޝަން ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ށ) ފިސިބިލިޓީ އަދި ސްވަރޭޖް ނެޓްވާރކް އަދި ސްވަރޭޖް ޕްލާންޓް ގެ މަސައްކަތުގެ 5 އަހަރު ދުހުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. ލިބިފައިވުން. (ނ) ރާއްޖެފަދަ ކުދި ގައުމުތަކުގައި މަސައްކަތްކޮއްފައިވުން. (ރ) ޓި.އޯ.އާރގައި ހިމެނިފައިވާ މަޤާމުތަކަށް އެކްސްޕާރޓުން ހިމަނަންވާނެ އެވެ. އީއޯ.އައި ސްޓޭޖްގައި މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ސީވީ އިވެލުއޭޓް ނުކުރެވޭނެއެވެ.
މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.
މިމަސައްކަތަށް ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނީ ކޮންސަލްޓަންޓްސް ކުއަލިފިކޭޝަން ބޭސްޑް ސިލެކްޝަން މެތަޑް (ސީ.ކިއު.އެސް) އެވެ.
ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ރިސިލިއަންސް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އެންވަޔަރަންމަންޓް
އަމީނީ މަގު، މާފަންނު
ކ.މާލެ، 20392
އީމެއިލް: [email protected]
ކޮޕީ : [email protected]