މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

މަޤާމު:  އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް:               އެމް.އެސް 1

ކްލެސިފިކޭޝަން:         ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:        ނ.ވެލިދޫ ކައުންސިލްގެ އިދާރާ 

ޔުނިޓް:             އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލްސަރވިސަސް

ވަޒީފާއަދާ ކުރަންޖެހޭ ތަން:  ނ.ވެލިދޫ ކައުންސިލްގެ އިދާރާ                                          

މުސާރަ:            -/5610 ރުފިޔާ

ސަރވިސް އެލަވަންސް:   -/2000 ރުފިޔާ

ބޭނުންވާ ޢަދަދު:        01    

މަޤާމުގެ ޝަރުޠުތައް: 

1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާފައިސާހޯދުމަށް ރަށު ކައުންސިލުން ނަގާ ލޯނުހިސާބުތައް ބެލެހެއްޓުން.
  2. ރަށު ފެންވަރުގައި ރަށު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް އެކިފަރާތްތަކާ ވިޔަފާރީގެ މުޢާމަލާތުތައް ހިންގުން.
  3. ރަށުގައި ދެވޭ ޔުޓިލިޓީސްގެ ޚިދުމަތްތަކުގެ ރިކޯޑު ބެލެހެއްޓުން.
  4. ރައްޔިތުންގެ ބޭސްފިހާރަ (ދޯދާރި) ހިންގުން. (ބޭސްގެނައުމާއި އެންމެހައި ހިސާބުތައް ބެލެހެއްޓުން)
  5. ރަށު ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތަށް ހިންގާނެ ފަރާތްތައް ހޯދާ އެފަރާތްތަކާއެކު އެގްރިމެންޓްތައް ހެދުން.
  6. ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި، ފަޅުހޯދުމާއި، މިފަދަތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އިންވެސްޓް ކުރުމާއި، އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުމުގެ އެންމެހައި މަސައްކަތްކުރުން.
  7. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ އަދި ނުއުފުލޭ މުދާ ގަވާއިދުތަކުގައިވާ ގޮތުގެމަތީން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުން.
  8. ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން ރަށުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ޞިނާޢަތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
  9. ކައުންސިލްގެ ބިޒްނަސްޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުން.
  10. ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ ފަޅުރަށްރަށާއި، ފަރުފަރާއި، ފަޅުފަޅާބެހޭ ކަންކަމާއި، އެތަންތާނގެ ރަޖިސްޓަރީ ބެލެހެއްޓުން.
  11. ރަށު ކައުންސިލްގެ ނަމުގައި ހުންނަ ފަޅުރަށްރަށާ ވެހިކަލްތަކާއި، ބިންބިމާ ޢިމާރާތްތަކާއި އެފަދަތަންތަނާއި، ތަކެތި ބޭނުންކުރުމާއި، އެފަދަ ތަންތަނާއި ތަކެތީގެ އަހަރީފީދެއްކުމާއި، ކުއްޔަށް ދޫކުރުމާބެހޭ ގޮތުން ހިންގަންޖެހޭ އެންމެހައި މުޢާމަލާތު ހިންގުން.
  12. ރަށުގައި ހުރި އޮޑިދޯނިފަހަރާއި، ވެހިކަލާއި، ވިޔަފާރި ކުންފުނިތަކާއި، ޖަމްޢިއްޔާތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
  13. ނ.ވެލިދޫ ކައުންސިލްގެ އިދާރާއާއި އެ އިދާރާގެ ދަށުގާހުރި އެންމެހައި ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.
  14. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން. މުސާރަ ހަވާލުކުރުމުގައި ޚަރަދުކުރުމަށް ނެގޭ ފައިސާގެ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި ފައިސާ ހަވާލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- އިކޮނޮމިކްގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ

- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަންދަންނަ މިންވަރު

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

- މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2014 ޑިސެންބަރު މަހުގެ ކުރީކޮޅުގެ ތާރީޚެއްގައި ވެލިދޫ ކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ވެލިދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

ކައުންސިލް އިދާރާއިން ހަމަޖައްސާފައި އޮންނަ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ސިވިލްސަރވިސް ކޮމިޝަނުން  ކަނޑައަޅާފައިވާ އެލަވެންސާއި ޢިނާޔަތް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.

މި އިޢުލާން އާންމުކުރުމާގުޅިގެން މި މަޤާމަށް މީހަކު ހޯދުމަށް ކުރެވިފައިވާ ނަންބަރު:H(IUL)2014/107  (21 ސެޕްޓެންބަރު 2014)ގެއިޢުލާނަށް ޝަރުޠުހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ އެ އިޢުލާންވަނީ ބާޠިލުކުރެވިފައެވެ.

02 ޞަފަރް 1436

24 ނޮވެންބަރު 2014
ހޯދާ