ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދަރިވަރުން ދިވެހި ބަހަށް އަހުލުވެރިކުރުމަށްޓަކައި ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް ގަތުމަށް (ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު: MV-MOE-274498-GO-RFB) ކޮށްފައިވާ މި މިނިސްޓްރީގެ ނަންބަރު 166/2022/22/E-22(IUL) (28 ޖޫން 2022) އިޢުލާނަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ޝަރުތު ފުރިހަމަ ނުވާތީ އެކަމަށް އަލުން އިޢުލާނުކުރަމެވެ.
ޕްރޮކިއުމަންޓް ރިފަރަންސް: MV-MOE-330440-GO-RFB
ދަރިވަރުން ދިވެހި ބަހަށް އަހުލުވެރިކުރުމަށްޓަކައި ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް ގަތުމަށް ބޭނުންވެއްޖެ
ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ފަރާތުން ދަރިވަރުން ދިވެހި ބަހަށް އަހުލުވެރިކުރުމަށްޓަކައި ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް ގަތުމަށް ބޭނުންވެއްޖެއެވެ.
މަޢުލޫމާތު ސާފުކުރުން:
އެގްރީމަންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން 45 ދުވަހާއި 60 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި މިތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 03 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން proc.[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ބީލަން ބެލޭނެ މިންގަނޑު:
މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވަރކްސް، ނޮން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، ޖުލައި 2016، ނޮވެންބަރު 2017 އަދި އޮގަސްޓު 2018 ގައި ރިވައިސްކޮށްފައި ("ޕްރޮކިއުމަންޓް ރެގިއުލޭޝަންސް")" ގައި ވާގޮތުގެ މަތިންނެވެ.
ބީލަން އުޞޫލު:
މި ތަކެތި ފޯރުކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރަންޖެހިވަޑައިގަންނަވާ ބީލަން އުޞޫލު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް https://www.moe.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ބީލަން އުޞޫލު proc.[email protected] އަށް އީމެއިލް ކުރެއްވުމުންވެސް ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
ބީލަން ހުށައެޅުން:
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ތިރީގައިވާ އެޑްރެހަށް ބީލަން އުޞޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 12,336.00 ރުފިޔާ (800.00 ޑޮލަރު) އާއެކު ބީލަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަން އަދި އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅުއްވާ ފަރާތްތަކާއި ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތިރީގައިވާ އެޑްރެހަށް 30 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.
ބީލަން އެޑްރެސް ކުރުން އަދި ހުށަހަޅަންވީ އެޑްރެސް:
އާއިޝަތު ނީނާ - ޕްރޮޖެކްޓް ކޯޑިނޭޓަރ،
މޯލްޑިވްސް ލަރނިންގ، އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3341302+(960)
އީ-މެއިލް: proc.[email protected]