މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
05 ވޯޓާރ ކޫލަރ 12އެއާރ ކަންޑިޝަން އައުޓްޑޯ ނީލަން ކިޔުމާއިބެހޭ

                                      އިޢުލާން

05 ވޯޓާރ ކޫލަރ 12އެއާރ ކަންޑިޝަން އައުޓްޑޯ ނީލަން ކިޔުމާއިބެހޭ

 9 ސެޕްޓެމްބަރ 2020ގައި ގެޒެޓް ކުރައްވާ ފައިވާ ދައުލަތުގެ މުދާއެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި،  ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިއުމާއި ނައްތާލުމުގައި އަމަލު ކުރާނެ އުޞޫލުގެ ދަށުން މާލިއްޔަތާއި ބެހޭ ސާރކިއުލަރ 2018 ގެ ނަންބަރު 13-D1/CIR/2018/15 ގައިވާ ގޮތުގެ މަތިން ދައުލަތުގެ މުދަލެއް ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުން ކުރެވޭތޯ ބެލުމަށް (ނީލަން ޕޯޓަލް) މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ އާއި (IUL) 141-A/141/2022/355  14) ޑިސެމްބަރ2022( އިއުލާން އާއި ގުޅިގެން ނީލަމުގައި ބައިވެރިވުމަށްވަޑައިގެންނެވި އެއްވެސްފަރާތަކުން ނީލަމަށް ކަޑައެޅިފައިވާ އަގަށް ތަކެތި ނުނެގުމުގެ ސަބަބުން ދެވަނަފަހަރަށް އިއުލާންކުރަމެވެ.

ނީލަން ނަންބަރ

ބާވަތް

މުދަލުގެ ފެންވަރު

ތަކެތި ހުރިތަން

ފެށޭއަގު

MYSCE/2022/06

12 އެއާރ ކަންޑިޝަން އައުޓްޑޯ

 

 ހަލާކުވެފައި

 

ގަލޮޅު ދަނޑު އެކަމޮޑޭޝަން ބްލޮކް 

6791.30

MYSCE/2022/07

05 ވޯޓަރ ކޫލަރ

ހަލާކުވެފައި

ގަލޮޅު ދަނޑު އެކަމޮޑޭޝަން ބްލޮކް 

1556.50

ވީމާ މިނީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ މިމިނިސްޓްރީގައި އޮންނަ މައުލޫމާތު ސެޝަނަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު ނަން ނޯޓް ކޮށްފައިވާ ފަރާތް ތަކަށެވެ. އެނޫން ފަރާތް ތަކަށް ނީލަމުގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެއެވެ. މި ނީލަމުގައި ފަހަރަކު އިތުރު ކުރެވޭނީ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) އެވެ.

#

މަޢުލޫމާތު ސާފުކުރުން

05 ޖަނަވަރީ 2023

10:00

އެކަމޮޑޭޝަން ބްލޮކް  ގްރައުންޑް

#

ނީލަން ކިޔުން

05 ޖަނަވަރީ 2023

11:00

އެކަމޮޑޭޝަން ބްލޮކް  ގްރައުންޑް

ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ކާމިޔާބު ކުރުމަށްފަހު 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މި މިނިސްޓްރީ އޮފް ފިނޭންސްގެ ބަޑޭރި ޕޯރޓަލްއަށް ދައްކަވަންވާނެއެވެ. https://bandeyripay.finance.gov.mv

26 ޑިސެންބަރު 2022
ހޯދާ