ދިވެހިރާއްޖެ
90 ފޫޓާއި 100 ފޫޓާ ދެމެދުގެ 02 ދޯނި ކުއްޔަށް ހިފުން
މި ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ކުނީގެ މަސައްކަތް ކުރުމަށް 90 ފޫޓާއި 100 ފޫޓާ ދެމެދުގެ 02 ދޯނި ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ, ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުމަށް |
09 ޑިސެންބަރު 2014 |
އަންގާރަ |
14:00 |
މާލޭ ސިޓީ ހޯލް |
އަގު ހުށަހެޅުއްވުމަށް |
16 ޑިސެންބަރު 2014 |
އަންގާރަ |
11:30 |
މާލޭ ސިޓީ ހޯލް |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.
03 ޞަފަރު 1436