މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ އިއުލާން ނަމްބަރ:  - Iulaan.134-HR/I/2022/85  ކެންސަލް ކުރުމަށްފަހު އަލުން އިއުލާން ކުރަމެވެ.

މަޤާމު

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1 އަހަރު ދުވަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އޮޕަރޭޝަންސް އެންޑް ލޮޖިސްޓިކްސް ޑިޕާރޓްމަންޓް/ހެޑް އޮފީސް

ޖުމްލަ މުސާރަ:

12،352.50 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއިއެކު މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން  އަދި މަޤާމާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނިން އޮޕަރޭޓްކުރާ ކެރިއަރ ބޯޓްފަހަރުގެ ކަސްޓަމްސް، އިމިގްރޭޝަން، ޕޯރޓްހެލްތް އަދި އެމް.އެން.ޑީ.އެފް އިން ނިންމަންޖެހޭ ކަންތައްކުރުން.
  • ކެރިއަރ ބޯޓަށް ސައިން އޮން އަދި ސައިން އޮފްވާ ކްރޫއިންގެ ކަންތައް ކަމާއިގުޅޭ އިދާރާތަކުން ނިންމުން އަދި ސައިންއޮފްވާ ބިދޭސީ ކްރޫއިން ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ބޯޓް މާލެ ބަދަރުގައި އޮންނައިރު ބޯޓަށް ވިޒިޓްކުރާ މީހުންގެ ޕޯރޓްހެލްތް އަދި ކަސްޓަމްސް އިން ނަގަންޖެހޭ ހުއްދަ ހޯދުން.
  • ޖަޒީރާ ރީފާ އިން ފޮނުވާ ޕީ.އާރ ކިޔުތައް އެޕްރޫވް ވުމުން ކަމާއިބެހޭ ޑިޕާރޓްމަންޓްތަކުން ފްލޯއަޕް ހެދުމާއި ޕީ.އާރ ކިޔުތަކުގެ ސްޓޭޓަސް ބަލަހައްޓައި ޑޮކިއުމަންޓް ފައިލްކުރުން.
  • ކެރިއަރ ބޯޓަށް ފޮނުވަންޖެހޭ މުދާ ވެއަރ ހައުސް އާއި ގުޅިގެން ބޯޓަށް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުން.
  • އޮޕަރޭޝަންސް ޑިޕާރޓްމަންޓްގެ މޭންޑޭޓްގައިވާ ކަންކަން ޙާސިލްކުރުމަށް މަސައްކަތްކުރުން.
  • ވަޒީފާއާއި ގުޅިގެން އެކި ތަންތަނަށް ކުރަންޖެހޭ ދަތުރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 02 ޖެނުއަރީ 2023 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޑިސެންބަރު 2022
ހޯދާ