ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުގައި ޤާއިމް ކުރަމުންދާ ޖީ.ޕީ ކްލިނިކްގެ އަލިފާން ނިވާ ނިޒާމްގެ ބައެއް މަސައްކަތްތައް ކުރުމަށް ފަރާތެއް ހޯދުމާއި ގުޅޭ

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުގައި ޤާއިމް ކުރަމުންދާ ޖީ.ޕީ ކްލިނިކްގެ އަލިފާން ނިވާ ނިޒާމްގެ ބައެއް މަސައްކަތްތައް ކުރުމަށް ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު: TENDER/HMH/2022/037

ހުޅުމާލެ ފޭސް2 ގެ ހިޔާ ޓަވަރުގައި ޤާއިމުކުރަމުންދާ ޖީ.ޕީ ކްލިނިކްގެ އަލިފާން ނިވާ ނިޒާމްގެ ބައެއް މަސައްކަތްތައް ކުރުމަށް ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ ވައްލަ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

05 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ. މިކަމާއި ގުޅޭގޮތުން ދޭންޖެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއްވާނަމަ މިބިޑުގައި ރަސްޖިސްޓްރީވާ ފަރާތްތަކަށް ދެވޭނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 03 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350113

އީ-މެއިލް: [email protected]

25 ޑިސެންބަރު 2022
ހޯދާ