ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުގެ 4 ކްލާސްރޫމްގެ އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މަރުކަޒުގެ 4 ކްލާސްރޫމުގެ އިމާރާތް މަރާމާތު ކުރުމަށްބޭނުންވެއެވެ.  ވީމާ މިކަމަށް ޝައުޤުވެރިވާ، (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25ޑިސެމްބަރ 2022 އިން 27ޑިސެމްބަރ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00އަށް މި މަރުކަޒު އޮފީހުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އޮންލައިން ކޮށް ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ޑިސެމްބަރ 2022 ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.                                                          

މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 04 ޖެނުއަރީ 2023 ވާ ބުދަ ދުވަހުގެ 11:00ގައި މި މަރުކަޒުގެ ކްލާސް ރޫމްގައެވެ.

ބިޑް ހުޅުވުން އޮންނާނީ 08 ޖެނުއަރީ 2023 އާދީއްތަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ ކްލާސް ރޫމްގައެވެ. ބިޑް، އޮންލައިންކޮށް ހުށަހަޅުއްވަންބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.

  • · ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު6528817  ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  • ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
  • ފޯން:  6528817
  • އީ-މެއިލް: [email protected]
25 ޑިސެންބަރު 2022
ހޯދާ