ދިވެހިރާއްޖެ
މ. އަތޮޅު ތަޢުލީމީ މަރުކަޒު
މ. މުލި ، ދިވެހިރާއްޖެ
ނަންބަރ: (IUL)GS-23/PRIV/2022/43
އިޢުލާން
2023 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ
2023 ވަނަ އަހަރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޟިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީއެއް ހޯދަންބޭނުންވެއެވެ. |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖަނަވަރީ 02 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 ޖަނަވަރީ 04 ވާ ބުދަ ދުވަހުގެ 10:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، އަންދާސީ ހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިމިވާ ޝަރުޠުތަށް ފުރިހަމަވާ އުޅަނދެއް ހުށައެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. |
01 ޖުމާދަލްއާޚިރާ 1444
25 ޑިސެމްބަރ 2022
އަޙްމަދު ނާހިދު
ޕްރިންސިޕަލް