ސިވިލް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

  • މަޤާމު: ކޯޓު އެޑްމިނިސްޓްރޭޓަރ
  • ރޭންކް: EX 1
  • ބޭނުންވާ ޢަދަދު: 01
  • މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު / މާލެ،
  • މުސާރަ:8,835.00  (އަށް ހާސް އަށް ސަތޭކަ ތިރީސް ފަސް) ރުފިޔާ އަދި ސަރވިސް އެލަވަންސް 2,000.00 (ދެ ހާސް) ރުފިޔާ އާއި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު:
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މަޤާމުގެ މަސްއޫލިއްޔަތުތައް: އިދާރީ ހިންގުމާއިބެހޭ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
  • މަޤާމު: އެސިސްޓެންޓް ލީގަލް އޮފިސަރ  
  • ރޭންކް: LS2
  • ބޭނުންވާ އަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: ސިވިލްކޯޓު/މާލެ
  • މުސާރަ: -/9412  (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
  • ސަރވިސް އެލަވަންސް: -/3000 (ތިންހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްއާއި އިތުރަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެންވާ އިތުރުގަޑީގައި ކުރެވޭ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • ވަޒީފާގައި ކުރަންޖެހޭ  މަސައްކަތް: ޝަރީޢަތާ ގުޅުންހުރި މަސައްކަތްތައް.
  • ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި

  • ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓްފިކެޓް ލެވެލް އިން މަތީ ސެޓްފިކެޓްތައް ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީއެވެ. މިގޮތުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ.)
  • ވަޒީފާއަށް އެދި ހުށަހަޅާއިރު ފުރިހަމަ ކުރި ކޯހަކާ ގުޅިގެން ލިބެން ޖެހޭ ތަޢުލީމީ ސެޓްފިކެޓެއް ލިބިފައިނުވާ ނަމަ، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓާއި އެކޯހަކީ އެމް.ކިއު.އޭ ގަބޫލުކުރާ ކޯހެއް ކަމަށް އެމް.ކިއު.އޭ އިން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމަކާއިއެކު ހުށަހެޅުމުން އެ ސެޓްފިކެޓަށް މާރކްސް ދެވޭއެވެ.
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
  • ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
  • ބޮންޑެއްއޮތް ފަރާތެއްކަމުގައިވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި: މިމަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2014 ޑިސެންބަރު 10 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓުތައް އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ލިޔެ ސޮއިކޮށް ތައްގަނޑު ޖަހާފައިނުވާނަމަ، އެފަދަ ސެޓްފިކެޓްތައް ގަބޫލެއް ނުކުރެވޭނެއެވެ.
  • މި މަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
  • ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި ފޯމު ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

01  ޞަފަރު  1436

23 ނޮވެންބަރު 2014
ހޯދާ