މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
އާބިޓްރޭޝަނުގެ ބިލު އަދި މީޑިއޭޝަނުގެ ބިލު އެކުލަވާލާން ކޮންސަލްޓެންޓެއް ހޯދުން

މި ސެންޓަރުގެ ނަންބަރު (IUL)479-PR/479/2022/10 (29 ނޮވެންބަރު 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބުތައް އެކަށީގެންވާ ވަރަށްވުރެ އަގުބޮޑުކަމަށް ފެންނާތީއާއި މަޢުލޫމާތައް ބަދަލު ގެންނަން ނިންމާފައިވާތީ، އާބިޓްރޭޝަނުގެ ބިލު އަދި މީޑިއޭޝަނުގެ ބިލު އެކުލަވާލަން ކޮންސަލްޓެންޓެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

މި މަސައްކަތާއި ގުޅޭ "މަޢުލޫމާތު ކަރުދާސް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 2023 ޖަނަވަރީ 02 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށެވެ.

ބީލަން ހުށަހެޅުން

ތަން: މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ

ގަޑި: 2022 ޖަނަވަރީ 03 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް

ނޯޓު: ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަސް އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ  މަތީގައި ބަޔާންކޮށްފައިވާ  ގަޑީގައެވެ.

 

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

02 ޖުމާދަލްއާޙިރު 1444

25 ޑިސެންބަރު 2022
ހޯދާ