މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން

އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން

މި ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް، މި އިދާރާއިން އެދޭ ގޮތަކަށް ކުނިކަހައި، ސާފުކޮށް ބަލަހައްޓައިދޭން ޝައިގުވެރިވެލައްވާ ފަރާތެއް ހޯދާން އެދި ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވައިލައި 2022 ޑިސެންބަރު 15 ވަނަ ދުވަހު ކުރި (I)288/2022/127 ނަންބަރު އިޢުލާނާ ގުޅިގެން އެ ކަމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެއްވެސް ފަރާތަކުން ބީލަމެއް ހުށަހަޅުއްވައިފައި ނުވާތީވެ، އެ މަސައްކަތަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ބީލަމުގައި ބައިވެރިވެލެއްވޭނީ، އެ ކަމަށް އެދިލައްވައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރައްވާން ހުށަހަޅުއްވާނީ 2022 ޑިސެންބަރު 28 ވާ ބުދަ ދުވަހު މެންދުރު 12:00ގެ ކުރިން، ދީފައިވާ ލިންކު ގައި ވާ ފޯމު ފުރިހަމަކުރައްވައިގެންނެވެ.

https://forms.gle/wsVfufkJmR8kSDvY6

ބީލަމާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށްދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

28 ޑިސެންބަރު 2022، (ބުދަ،) 13:00

ބީލަން ހުށަހެޅުމުގެ ބައްދަލުވުން

4 ޖަނަވަރީ 2023، (ބުދަ،) 13:00

 

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވެލައްވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅުއްވާން ވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯއަކާ އެކު ފޮނުއްވުން އެދެމެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެކު ގެޒެޓުކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު، ސާފުކުރައްވާން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

25 ޑިސެންބަރު 2022
ހޯދާ