މާލެއަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު- ގުދަނުގައި ފައިލް ބަހައްޓާ ހަރު ހެދުމުގެ މަސައްކަތް

 

މި ކޯޓުގެ ގުދަނުގައި ފައިލް ބަހައްޓާ ހަރެއް ހެދުމުގެ މަސައްކަތް

މި ކޯޓުގެ ގުދަނުގައި ފައިލް ބަހައްޓާ ހަރެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު މި ކޯޓުގެ ނަންބަރު H3C-A/2022/8 ( 14 ޑިސެމްބަރު 2022 ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޑިސެމްބަރު 27 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި ކޯޓުގެ އީމެއިލް [email protected] އަށް މެއިލްކުރުންއެދެމެވެ. ކޯޓޭޝަން ހުށަހަޅާއިރު، ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކޯޓަށް އެޑްރެސްކޮށް އިޢުލާން ނަންބަރު އިންނަންވާނެއެވެ.

ކޯޓޭޝަން ހުށަހަޅަނީ ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އާއި އަމިއްލަ ފަރުދަކުނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާނަމަ ސަބަބު ބަޔާންކޮށް މި ކޯޓަށް ސިޓީއަކުން ހުށަހަޅަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި މިކޯޓުގެ ނަންބަރު 6640336 ނުވަތަ 6640334 ފޯނަށް ގުޅުއްވުން އެދެމެވެ.

25 ޑިސެމްބަރު  2022  

25 ޑިސެންބަރު 2022
ހޯދާ