ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އޮފީސް ހިންގަމުންދާ އިމާރާތް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މި އޮފީހަށް މައްސަލަ ހުށަހެޅުމާއި ގުޅޭ.

މި އޮފީސް ހިންގަމުންދާ އިމާރާތް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވާތީ، 2022 ޑިސެންބަރު 25ވާ އާދީއްތަ ދުވަހުން ފެށިގެން، މި އޮފީހަށް ހާޒިރުވެގެން މައްސަލަ ހުށަހެޅުމާއި އަދި މި އޮފީހުގެ ޓޯލް ފްރީ ނަންބަރު 1656 ގެ ޚިދުމަތް މެދުކެނޑިފައިވާކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި ޚިދުމަތްތައް އަލުން ދޭން ފެށުމުން އެކަން ޢާންމުކޮށް އިޢުލާނުކުރާނެ ކަމުގައި ދެންނެވީމެވެ.

އޮފީސް ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާއިރު މައްސަލަ ހުށަހެޅުމަށް ރަސްމީގަޑީގައި، މި އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓްގެ ނަންބަރު 7389036 އަށް ގުޅައިގެން ނުވަތަ [email protected] އީ-މެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެކަމުގައި ދަންނަވަމެވެ. އަދި އެހެނިހެން އިދާރީ ކަންކަމުގައި މި އޮފީހުގެ އިދާރީ ނަންބަރު 7960440 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24 ޑިސެންބަރު 2022
ހޯދާ