ދިވެހިރާއްޖެ
A4ރީމް ކަރުދާސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި
މިކޯޓުގެ ނަންބަރު (IUL95-PM/1/2014/24) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މިއިޢުލާން ބާޠިލުކޮށް އިޢުލާންކުރަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް A4ރީމް ކަރުދާސް (ހުދުކުލަ) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަން ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 03 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) މިކޯޓުގެ މީޓިންގރޫމް 01 އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/bid_info._sheet_(a4_ream_28).pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
02 ޞަފަރު 1436