ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ ވޮލީބޯޅަ މުބާރާތް (އަންހެން ޑިވިޜަން) – 2022 ގައި ބައިވެރި ވުމާއި ބެހޭ

                                                                          

                                             ނަންބަރ (IUL)NSA-VAM/NSA-VAM/2022/23 :     

އިޢުލާން

ޤައުމީ ވޮލީބޯޅަ މުބާރާތް (އަންހެން ޑިވިޜަން) – 2022ގައި ބައިވެރި ވުމާއި ބެހޭ:

              2023 ޖެނުއަރީ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ޤައުމީ ވޮލީބޯޅަ މުބާރާތް(އަންހެން ޑިވިޜަން

2022" މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ މިއެސޯސިއޭޝަނުގެ މެމްބަރ ކްލަބް އަދި ޖަމިއްޔާތަކުން 2023 ޖެނުއަރީ 10 ވާ

އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު

[email protected] އީމެއިލް މެދުވެރިކޮށް މިއެސޯސިއޭޝަނަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

މުބާރާތް  ބޭއްވޭނެ ތާރީޚް:

2023 ޖެނުއަރީ 21 އިން 31 ގެ ނިޔަލަށް

މުބާރާތް ބާއްވާތަން

ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލް

މުބާރާތް ކުޅެވޭ ޑިވިޜަން:

އަންހެން

މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް:

ވޮލީބޯލް އެސޯސިއޭޝަންގެ މެމްބަރ ކްލަބު އަދި ޖަމިއްޔާތައް

މުބާރާތު ގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑި:

10 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚާއި ގަޑި:

15 ޖެނުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން

މުބާރާތު ގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ތަން:

[email protected]

މުބާރާތު ގައި ބައިވެރި ވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު ލިބެންހުންނާނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން

އިތުރު މަޢުލޫމާތު:

 3317015

 

 

 

 

 

 

 

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ

 

23 ޑިސެންބަރު 2022
ހޯދާ