މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންތިހާބް ތަކާއި ގުޅިގެން މާލޭ ސިޓީގެ މަގުތަކާއި، ޢާއްމު ތަންތަނުގައި އިސްތިހާރާއި ބެނާ ހަރުކުރުމަށް ހުޅުވާލުން

 2023 ވަނަ އަހަރު ދިވެހި ރާއްޖޭގައި ބާއްވާ ރިއާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓެއް އައްޔަށް ކުރެއްވުމަށް ޕާޓީ ތަކުގައި ބާއްވާ  އިންތިޚާބުތަކާއި 2023 ވަނަ އަހަރު ބާއްވާ ރިއާސީ އިންތިޚާބަށް ވާދަކުރައްވާ ކެންޑި ޑޭޓުންގެ ފަރާތުންނާއި  ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓަށް ކެމްޕެއިން ކުރެއްވުމަށް ތައްޔާރުކުރައްވާ ޕޯސްޓަރ ތަކާއި ބެނާތައް މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެހެއްޓުމައި ހިއްޕުމަށް އެދޭ ފަރާތްތަކުން ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

 މަތީގައި ދަންނަވާފައިވާ ބޭނުންތަކަށާއި އެކިއެކި ކަންކަމާގުޅިގެން މާލޭ ސިޓީގައި ބެނާ ދެމުމަށާއި ޕޯސްޓަރ ހަރުކުރުމަށް އެދޭ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުއްވުމަށާއި މާލޭ ސިޓީ ކައުންސިލްގެ ހުއްދަނެތި މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެނާ ދެމުމާއި އިސްތިހާރު ހިއްޕާ ހެދުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

 މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ނެތި އިސްތިހާރު ނުވަތަ ބެނާ ހަރުކޮށްފި ނަމަ އެފަދަ އިސްތިހާރެއް ނުވަތަ ބެނާއެއް ހިއްޕެވި ނުވަތަ ދެމި ފަރާތެއް ދުވާލަކަށް 1000.00 (އެކެއް ހާސް) ދިވެހި ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އަދި އެފަދަ އިސްތިހާރެއް ނުވަތަ ބެނާއެއް މާލޭ ސިޓީ ކައުންސިލުގެ ހުއްދަ ނެތި ބަހައްޓާފައިވާނަމަ އެފަދަ އިސްތިހާރާއި ބެނާތައް ވަގުތުން މިކައުންސިލުގެ ބެލުމުގެ ދަށުން ނަގާ ނައްތާލެވޭނެކަމުގައި ދެންނެވީމެވެ. އަދި މާލޭ ސިޓީ ކައުންސިލުގެ ހުއްދަނެތި މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ދަމާފައިވާ ބެނާއާއި ހިއްޕާފައިވާ އިސްތިހާރުތައް ނަގާ ނައްތާލުމުގައި މި ކައުންސިލުން ޒިންމާނުވާނެވާހަކަވެސް ދަންނަވަމެވެ.

 ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

22 ޑިސެންބަރު 2022
ހޯދާ