ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކޮމިއުނީޓީ ސެންޓަރ ހިންގުން ބިޒްވިލްގެ ގްރީންހައުސްތައް ހުރި ބިމުގައި ހުރި ޢިމާރާތަށް ބަދަލުކުރުމަށްޓަކައި އެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ބީލަން ފޮތުގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
މި މިސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލްއަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން
މުއްދަތު: 23 ޑިސެމްބަރ 2022 އިން 27 ޑިސެމްބަރ 2022
ތަން: ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
އީ-މެއިލް: [email protected]
އަންދާސީ ހިސާބުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހަޅަންވާނެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
ރަޖިސްޓްރީ ނަންބަރު.
އީމެއިލް އެޑްރެސް.
ގުޅޭނެ މޯބައިލް ނަންބަރު.
ބިޑް މީޓިން
ތާރީޙް: 2022 ޑިސެމްބަރ 28 ވަނަ ދުވަހުގެ 11:00 ގައި
ސައިޓް ވިޒިޓިންގ
ތާރީޙް: 2022 ޑިސެމްބަރ 28 ވަނަ ދުވަހުގެ 16:00 ގައި
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޖަނަވަރީ 04 ވާ ބުދަ ދުވަހުގެ 11:30 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތައް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ކޯޕަރޭޓް އެފެއާރޒް ސެކެޝަން
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ހއ.ހޯރަފުށި، ދިވެހިރާއްޖެ
ބީލަމުގެ ނަން: ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކޮމިއުނީޓީ ސެންޓަރ ހިންގުން ބިޒްވިލްގެ ގްރީންހައުސްތައް ހުރި ބިމުގައި ހުރި ޢިމާރާތަށް ބަދަލުކުރުމަށްޓަކައި އެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި މަރާމާތުކޮށް ތަރައްޤީ ކުރުން
އިޢުލާނު ނަންބަރު: (IUL)247-CA/247/2022/117
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށ ލިބިގެންވެއެވެ.