ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ / ކައުންސިލިންގ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް މެނޭޖަރ / ކައުންސިލިންގ

ވަޒީފާގެ ދާއިރާ:

ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/9,500ރ އާއި -/17,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ސައިކޮލޮޖީ، ކައުންސެލިން ނުވަތަ ސޯޝަލް ވޯރކްއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ  ހާސިލްކޮށްފައިވުން ނުވަތަ؛
  • ސައިކޮލޮޖީ، ކައުންސެލިން ނުވަތަ ސޯޝަލް ވޯރކްއާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 10 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • މަސައްކަތުގެ މާހައުލުގައި މުވައްޒަފުނަށް ދިމާވާ ދަތިތައް މަޝްވަރާކުރުމާއި ބޭނުންވާ ކައުސިލިންގ ދިނުން
  • މުވައްޒަފުންގެ އަހުލާގީ އަދި ނަފްސާނީ ދުޅަހެޔޮކަން އިވެލުއޭޓް ކުރުމަށްފަހު ބޭނުންވާ ކައުސިލިންގ ދިނުން
  • މުވައްޒަފުންނަށް ވަކިވަކިން އަދި ގްރޫޕް ސެޝަންތަކުގައި، ޑިޕެންޑެންސީތަކުން އަރައިގަތުމަށާއި، ދިރިއުޅުމަށް އެޑްޖަސްޓްކޮށް، ބަދަލުތައް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނަސޭހަތްތެރިވުން
  • މުވައްޒަފުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހުނަރާއި ސްޓްރެޓެޖީތައް އުފެއްދުމުގައި އިރުޝާދު ދިނުން
  • މުވައްޒަފުންގެ އިހުސާސްތައް ހާމަކުރުމަށާއި ދިރިއުޅުމުގައި ހިނގަމުންދާ ކަންކަމާ މެދު މަޝްވަރާކުރުމަށް ހިތްވަރުދީ އަމިއްލަ ނަފްސާއި އެމީހުންގެ ގުޅުންތަކާ މެދު ވިސްނުން އުފެއްދުމަށް އެހީތެރިވެދެއެވެ
  • މުވައްޒަފުންގެ މައުލޫމާތު ރިވިއުކުރުމަށްފަހު ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތު އިވެލުއޭޓްކުރުން
  • ތަމްރީނު ސެޝަންތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުމާއި، ލީޑްކުރުމާއި/ ނުވަތަ ކޯޑިނޭޓްކުރުން.
  • ސީރިއަސް ޑިސްޓަރބެންސް މައްސަލަތައް ހުންނަ މުވައްޒަފުންނަށް އެކަށީގެންވާ ގޮތަށް ތެރަޕިއުޓިކް އިންޓަވެންޝަންތައް ފޯރުކޮށްދިނުމާއި/ނުވަތަ އިންތިޒާމްކުރުން.
  • އިންޓަވިއު، ކޭސް ހިސްޓްރީ، ސައިކޮލޮޖިކަލް ޓެސްޓް އަދި އޮބްޒަވޭޝަނަލް ޓެކްނިކްސް މެދުވެރިކޮށް މުވައްޒަފުންގެ މައުލޫމާތު އެއްކޮށް، މައްސަލަތައް ދިމާވާ ސަބަބުތައް ދެނެގަތުން
  • މުވައްޒަފުންނަށް ފަރުވާ ދިނުމާ ގުޅޭ ރެކޯޑްތަކުގެ ސިއްރު ދެމެހެއްޓުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

26 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 26 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

28 ޖުމާދަލްއޫލާ 1444

22 ޑިސެންބަރު 2022

22 ޑިސެންބަރު 2022
ހޯދާ