ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި ސްކޫލުގެ ދަރިވަރުންގެ ތެރެއިން ހެނދުނުގެ ނާސްތާ ފޯރުކޮށްދޭންޖެހޭ 31 ދަރިވަރުންނަށް ދުވާލަކަށް -/22ރ. (ބާވީސް ރުފިޔާ)ގެ ރޭޓުން ނާސްތާ ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ސްކޫލުން ނާސްތާގެ ގޮތުގައި ދެވިދާނެ ތަކެތީގެ ތަފްޞީލާއި ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ގޮތުގެ އުޞޫލު އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 02 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 11:00ގައި އަބޫބަކުރު ސްކޫލުގައެވެ.
ބީލަން ރަޖިސްޓްރޭޝަން ލިންކް: https://forms.gle/zDfbKydhve3FRy9W8
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 14:00 ދެމެދު، ތިރީގައި މިވާ އެޑްރެހަށެވެ.
އަބޫބަކުރު ސްކޫލް
ގދ. ތިނަދޫ
ފޯން: . 6842095
އީ-މެއިލް: [email protected]
22 ޑިސެންބަރު 2022