ކުޑަފަރީ ސްކޫލް، ނ. ކުޑަފަރި
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަފަރީ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މި ސްކޫލުގެ ނަންބަރު (IUL-G)GS113/2022/020 (11 ޑިސެންބަރު 2022) އިޢުލާނާ ގުޅިގެން 3 ފަރާތުން ބިޑު ހުށަހެޅުމަށް ހާޟިރުވެފައި ނުވާތީ، އަލުން އިޢުލާން ކުރަމެވެ.
- 16 ޖެނުއަރީ 2023 އިން 31 ޑިސެންބަރު 2023 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވަތީ، ޝައުޤުވެރިވާ ފަރާތް ތަކަށް ބީލަމުގައި ބައިވެރިވުމުގެ ދަޢުވަތު ދެމެވެ.
- ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 29 ޑިސެންބަރު 2022ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ބިޑްރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށްގެންނެވެ. ބިޑްރެޖިސްޓްރޭޝަން ފޯމް މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު އެޓޭޗުކުރެވިފައި އެވަނީއެވެ.
- މި ބީލަމާގުޅިގެން ބާއްވޭ މަޢުލޫމާތު ބައްދަލުވުން 02 ޖަނަވަރީ 2023ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސްކޫލުގައި އޮންނާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 05 ޖަނަވަރީ 2023ވާ ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.
ފޯން: 6561802
އީމެއިލް: [email protected]
22 ޑިސެންބަރު 2022
ހޯދާ