މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

މަޤާމް ނަންބަރު

253087

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

ފައިނޭންސް ސެކްޝަން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/6295ރ

ސަރވިސް އެލަވަންސް: -/2000ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމައެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް  6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  4. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މި މިނިސްޓްރީގެ ބިޒްއޭރިއާ 1224 އިން ކުރަންޖެހޭ ޚަރަދުތައް ކޮންޓްރޯލްކޮށް ބާކީ ބެލެހެއްޓުން.
  2. ބަޖެޓް ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް މުއްދަތުގައި ނިންމުމަށް މުވައްޒަފުން ލައްވާ ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުވުން.
  3. ބިޒް އޭރިޔާ 1224 އިން ތައްޔާރުކުރާ ޕޭމަންޓް ވައުޗަރތައް ޗެކްކޮށް ސޮއި ކުރުން.
  4. ބަޖެޓް އެނަލައިޒްކޮށް ބެލެހެއްޓުން އަދި މިނިސްޓްރީގެ ބަޖެޓް ޕާރފޯމަންސް ރިޕޯޓް މަހަކު އެއްފަހަރު ތައްޔާރުކޮށް މިނިސްޓަރ އަދި ޕީއެސްއަށް އެރުވުން.
  5. މަހުން މަހަށް މި މިނިސްޓްރީގެ ޚަރަދު ރިޕޯޓާއި އާމްދަނީ ރިޕޯޓް ކޮންސޮލިޑޭޓަޑް ކޮށް  ބެލެހެއްޓުން.
  6. ފައިނޭންޝަލް ރިޕޯރޓް އޮޑިޓް އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކޮށް ފޮނުވުމުގައި އިސް ދައުރެއް އަދާ ކުރުން.
  7. މި ނޫނަސް އޮފީހުން ރާވާ ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެ މަސައްކަތްތައް ކުރުން.
  8. ބިޒް އޭރިޔާ 1224، އިން ކުރިއަށް އޮތް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގައި އިސް ދައުރެއް އަދާ ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340  އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  6. މާލިއްޔަތު ގާނޫނާއި ސިވިލް ސަރވިސް ގަވައިދަށް އަހުލުވެރިވެފައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚް

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗް އާރް ސެކްޝަންގެ އީމެއިލް: [email protected]  އަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 2014 ޑިސެންބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ http://www.housing.gov.mv/v1/file-download/ )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ). 

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

02 ޞަފަރު 1436

24 ނޮވެންބަރު 2014
ހޯދާ