ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ކުޑަކުދިންގެ ޕާރކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

 ގދ. ނަޑެއްލާ ކުޑަކުދިންގެ ޕާރކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތާބެހޭ އެންމެހާ ލިޔެކިޔުންތައް މި https://bit.ly/3WiNahi ލިންކުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ބީލަމާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތުގެ ހާރޑުކޮޕީ މި އިދާރާގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 28 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް މި އިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިއެވާ އީ-މެއިލަށް މެއިލް ކޮށްގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.

އީމެއިލް: [email protected] / [email protected]  

 

ބީލަން ހުށަހެޅުން އޮންނާނީ 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

21 ޑިސެންބަރު 2022
ހޯދާ