މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންސްޕެކްޝަން ދަތުރުތައް ކޮށްދޭނެ ސަފާރީއެއް ހޯދުމަށް

މި މިނިސްޓްރީން ފެށުމަށް ހަމަޖެހިފައިވާ ކޮލިޓީ އެޝުއަރެންސް ޕްރޮގްރާމުގެ ދަށުން ކުރެވޭ އިންސްޕެކްޝަން ދަތުރުތައް ކޮށްދޭނެ ސަފާރީއެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)23-AP/1/2014/224) އާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވާތީ އެއިޢުލާން ބާޠިލުކޮށް، މި މިނިސްޓްރީން ފެށުމަށް ހަމަޖެހިފައިވާ ކޮލިޓީ އެޝުއަރެންސް ޕްރޮގްރާމުގެ ދަށުން ކުރެވޭ އިންސްޕެކްޝަން ދަތުރުތައް ކޮށްދޭނެ ސަފާރީއެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 ޑިސެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޑިސެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014
ހޯދާ