ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބަހައްޓާފައި ޖަންގޝަންތަކާއި ހޮޅިފަދަ ތަކެތި ނެގުމާއި ބެހޭ

މިރަށުގެ މަގުތަކުގައި ތާރަ އެޅުމުގެ ފޭސް 2 މަސައްކަތް ކުރިއަށްދާތީ، ތިރީގައި މިދަންނަވާ މަގުތަކުގައި އިންދާފައިވާ ގަސްތައް އުފުރުމާއި، މަގުމަތީގައި ބަހައްޓާފައިވާ ޖަންޤްޝަން ހޮޅި ފަދަ ތަކެތި 07 ދުވަސްތެރޭގައި އެގެއެއްގެ އިމުގެ ތެރެއަށް ވެއްދުމަށް އެދެމެވެ. އަދި 07 ދުވަސްފަހުން ރޯޑް ޑިވެލަޕްމެންޓް ކޯޕަރޭޝަނުން ގއ.ވިލިނގިލި މަގުތަކުގައި މަސައްކަތްކުރަމުންދާއިރު ގޭބިސީތަކުން މަގުމަތީގައި ބަހައްޓާފައިހުންނަ ޖަންގްޝަންތަކާއި ހޮޅިފަދަ ތަކެއްޗަށް ލިބޭ ގެއްލުން ތަކުގެ ޒިންމާ ކައުންސިލުން ނުނަގާނެ ވާހަކަ ދަންނަވަމެވެ.  

1-      ހަވީރީ ހިގުން ( އުތުރު)

2-      ކޯރާޑޭ މަގު

3-      ހަވީރީ ހިގުން (ދެކުނު)

4-      އަބަދައްއުފާ ގޯޅި

5-      މުދިންހަސަންކަލޭފާނު މަގު

6-      މޫސާ މަގު

7-      ކާޑަގޭ މަގު

8-      މުހައްމަދުކަލޭފާނު މަގު

9-      ކުދެކަތިއްބެއްޔާ މަގު

10-  އިބުރާހިމީ މަގު

11-  ވައިޖެހޭ މަގު

12-  ބަރާސީލުމަގު

           13- ދެކޮނޮ ބަދަރުމަގު          

 

21 ޑިސެންބަރު 2022
ހޯދާ