ދިވެހިރާއްޖެ
މިރަށުގައި ޢިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓުގެ ތެރެއިން 30 ހައުސިން ޔުނިޓް ވިއްކުމަށް ކުރި މިއިދާރާގެ ނަންބަރު: IUL)258/2013/41)ފ(25 ސެޕްޓެންބަރު 2014) އިޢުލާން ބާޠިލްކުރުން.
މިރަށުގައި ޢިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 30 ހައުސިން ޔުނިޓް ވިއްކުމަށް ކުރި މިއިދާރާގެ ނަންބަރު:IUL)258/2014/41)ފ(28 -09- 2013) އިޢުލާނުގައިވާ ޝަރުޠުތަކަށް ހައުސިން މިނިސްޓްރީގެ ހުއްދައާއެކު، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވި ފަހުން މިކައުންސިލުން ބަދަލު ގެނެސްފައިވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު: B/258/2014/6-ފ123 (02 ނޮވެންބަރު 2014) ސިޓީން ހައުސިން ޔުނިޓުތައް ވިއްކުމުގެ މަސައްކަތް އަލުން އިޢުލާން ކުރައްވައިގެން ކުރިއަށް ގެންދެވުމަށް މިކައުންސިލަށް އަންގަވާފައިވާތީ، އެއިޢުލާން ބާޠިލުކޮށްފީމެވެ. ހަވާލާދެވުނު އިޢުލާން ބާޠިލު ކުރުމުން، އެއިޢުލާނާ ގުޅިގެން، ހައުސިން ޔުނިޓް ގަތުމަށް އެދި ހުށަހެޅި ފޯމުތައްވެސް ބާޠިލުކުރެވިފައިވާ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
04 ޞަފަރު 1436