މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާއަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.
  3. މިބީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން އޮންނާނީ   27 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ13:00 ގައި މާއުނގޫދޫ ކައުންސިލް އިދާރާގައެވެ.
  4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 29 ޑިސެމްބަރ 2022  ވާ ބުރާސްފަތި ދުވަހުގެ  13:00ގައި މިއިދާރާގަ އެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު
    ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ/ ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން:           9999838

އީމެއިލް:         ibrahim.shareef@maaungoodhoo.gov.mv

21 ޑިސެންބަރު 2022
ހޯދާ