ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހާބަރ ސެކިއުރިޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ހާބަރ ސެކިއުރިޓީ އޮފިސަރ (ވޭޖް އުސޫލުން، 31 ޑިސެމްބަރ 2023ގެ ނިޔަލަށް)

މަޤާމް:

ހާބަރ ސެކިއުރިޓީ އޮފިސަރ

މަޤާމްގެ ނަމްބަރު:

-

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

SS1

މަޤާމުގެ ކުލެސިފިކޭޝަން:

_

މަސައްކަތް ކުރަންޖެހޭ ތަން

 

ބަނދަރު ސަރަހައްދު

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް 

މުސާރަ:

ނެތް

ސަރވިސް އެލަވަންސް:

ނެތް

އެހެނިހެން އެލަވަންސް:

7000.00 ރުފިޔާ

މަޤާމުގެ މަސްޢޫލިއްޔަތު:

  • ·         ބަނދަރުގެ ނެރުގެ އެއްގަމު ފައިކަށީގެ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ އުޞޫލް ތަންފީޒުކޮށް، އެ އުޞޫލާއި ޚިލާފްވާ ފަރާތްތަކުގެ މަޢްލޫމާތު ލަސްނުކޮށް ކުރެންދޫ ކައުންސިލްގެ އިދާރާއަށް އެންގުން.
  • ·         ކުރެންދޫ ފެރީ ސްޓޮޕް މޮނިޓަރކުރުން.
  • ·         ކައުންސިލް އިދާރާގެ ބޭނުމަށް ގެންނަ މުދާ އުފުލަން ޖެހިއްޖެ ޙާލަތުގައި މުދާ އުފުލުން.
  • ·         ލަފާފުރުމަށް ދަތިވާގޮތައް އަމަލުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރަށް ނަސޭޙަތްތެރިވުން.
  • ·         ބަނދަރު ސަރަހައްދުގައި މުދާ ބަހައްޓާ ފަރާތްތައް ލޮގް ކުރުމާއި، މުއްދަތައް ތަން ހުސްކުރާކަން ކަށަވަރުކުރުން.
  • ·         ކުރެންދޫ މޮނިޓަރިންގ އަށް ލާ ޙާލަތްތަކުގައި ކުރެންދޫ ބަނދަރަށް ލަފާ އުޅަނދުފަހަރާއި ފުރާ އުޅަނދުފަހަރު މޮނިޓަރ ކޮށް ބެލެހެއްޓުން.
  • ·         މޮނިޓަރިންގެ އުޞޫލާއި ޚިލާފަށް ޢަމަކުރާ އުޅަނދުފަހަރުގެ މަޢްލޫމާތު، ލަސްނުކޮށް ކުރެންދޫ ކައުންސިލްގެ އިދާރާއަށް އެންގުން.
  • ·         ޙާއްސަ ޙާލަތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ·         ކައުންސިލުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް:

1-      ލިޔަންކިޔަން ދަތުމާއި އެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

2-      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. 1.      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. 2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. 3.      ވަޒީފާއަށް އެދެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުން ކިޔަން އެނގޭފަދަ ކޮޕީއެއް)
  4. 4.      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ނޯޓް: ތަޢުލީމީ ސެޓްފިކެޓް ހުށަނާޅައި ފަރާތްތަކަށް، ލިޔަން ކިޔަން އެނގޭތޯ ބެލުމަށް ޓެސްޓެއް ދެވޭނެއެވެ)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1-      މިފަދަ ވަޒީފާ އެއްގައި އުޅެތަޖުރިބާ ލިބިފައިވުން

2-      ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

3-      ސެކިއުރިޓީ އޮފިސަރު ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލް ކަންހުރި މީހެއްކަމުގައިވުން

4-      ސްމާރޓް ފޯނާއި ސޯސަލް މީޑިޔާއަށް އަހުލުވެރިވުން.

 

އިންޓރަވިއު: މިމަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނަ ތާރީޚެއް މިއިދާރާ އިން އަންގާނެ ވާހަކަ ދަންނަވަމެވެ.

  • ·         އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 28 ޑިސެމްބަރ 2022 (ބުދަ) ދުވަހުގެ 13:00ގެ ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.

          މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ,6620001 ނަމްބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ[email protected]  : އެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޑިސެންބަރު 2022
ހޯދާ