ދިވެހިރާއްޖެ
(IUL)374-A/374/2022/55 :ނަންބަރު
ވަޒީފާގެ ފުރުޞަތު
މަޤާމް |
ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް |
||||||||
ބޭނުންވާ އަދަދު |
25 |
||||||||
މަގާމުގެ ގިންތި |
ވަގުތީ |
||||||||
މަގާމުގެ މުއްދަތު |
08 ޖަނަވަރީ 2023ން 31 ޑިސެމްބަރ 2023ގެ ނިޔަލަށް |
||||||||
މުސާރަ |
މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 150.00ރ (ސަތޭކަ ފަންސާސް ރުފިޔާ) |
||||||||
އެހެނިހެން އިނާޔާތްތައް |
|
||||||||
ވަޒީފާ އަދާކުރާ ތަން |
ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ |
||||||||
މަސައްކަތް ކުރަން ހަމަޖެހިފައިވާ ދުވަހާއި، ވަގުތު |
ހ. މި މަގާމަށް ހޮވޭ ފަރާތްތަކުން މަސައްކަތަށް ނިކުންނާނީ ކައުންސިލުން އަންގާ ދުވަސްތަކެއްގައެވެ. އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި މި 3 ދުވަހުއެވެ. ށ. މަސައްކަތަށް ނިކުންނަން ޖެހޭނީ މަދުވެގެން ހަފްތާއަކު 02 ދުވަހު އަދި ގިނަވެގެން ހަފްތާއަކު 03 ދުވަހުއެވެ. ނ. މަސައްކަތް ކުރަންޖެހޭނީ ދުވާލަކު 03 ގަޑިއިރުއެވެ. ރ. އާންމުގޮތެއްގައި މަސައްކަތް ކުރާނީ، މެންދުރުފަހު 3ން 6އަށެވެ. |
||||||||
މައިގަނޑު މަސްއޫލިއްޔަތު |
ހ. އިދާރާއިން އަންގާ ގަޑިތަކަށް ކައުންސިލަށް ހާޒިރުވުން ށ. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިޖްތިމާޢީ ސަރަހައްދުތަކުގައިހުރި ގަސްގަހާގެހިން ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާގޮތަށް ހުންނަ ގަސްގަހާގެހީގެ ގޮފިތައް، ނުވަތަ ފަންތައް އިދާރާއިން އަންގާ ގޮތެއްގެ މަތިން ކޮށުން. ނ. އިދާރާއިން އަންގާ ގޮތެއްގެ މަތިން، މަސައްކަތަށް ނުކުންނަން ޖެހޭ ދުވަސްދުވަހު ސާފުކުރުމަށް އެދުވަހަކަށް ކަނޑައެޅިފައިވާ ސަރަހައްދު ކުނިކަހާ ސާފުކުރުން، ރ. އެކިއެކި މުނާސަބާތަކާއި، ޚާއްޞަ ހާލަތްތަކުގައި އިޖުތިމާޢީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ވަކި ސަރަހައްދެއް ސާފުކުރުމަށް ކައުންސިލުން ބޭނުންވެއްޖެނަމަ، އެމަސައްކަތަށް ނުކުމެ އިދާރާއިން އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން |
||||||||
މަޤާމަށް އެދި ކުރިމަތިލާ ފަރާތުގެ ޝަރުތުތައް އަދި މީހުން ހޮވުމުގައި އަމަލުކުރާނެ ގޮތް |
ހ. މަގާމުގެ އަސާސީ ޝަރުތު: ދިވެހިބަހުން ލިޔަން ކިޔަން އެނގުން ށ. އުމުރުން 65 އަހަރާއި 18 އަހަރާ ދެމެދުގެ މީހަކަށްވުން ނ. ޖިސްމާނީގޮތުން މި މަސައްކަތް ކުރުމުގެ ގާބިލްކަން ހުރުން
ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް
ނޯޓު:
|
||||||||
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި |
މި މަގާމަށް އެދި ކުރިމަތިލާ ފަރާތްތަކުން، އައިޑި ކާޑުގެ ކޮޕީއާއި، މީގެ ކުރިން މިބާވަތުގެ މަސައްކަތެއް މިއިދާރާގައި ކޮށްފައިނުވާނަމަ، ތަޖުރިބާގެ ލިޔުންތަކާއެކު ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 2022 ޑިސެމްބަރު 28 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މި އިދާރާއަށް ހުށައަޅާންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅާނަމަ، އީމެއިލް ކުރައްވާނީ މިއިޑާރާގެ އީމެއިލް، [email protected] އަށެވެ. މި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ސުންގަޑި އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6740016 އަށެވެ. މި މަޤާމުގެ މަސްއޫލިއްޔަތުތަކާ ގުޅޭ އުސޫލު މި އިދާރާގެ ވެބްސައިޓުގައި ޢާންމު ކުރެވިފައިވާނެއެވެ. |
27 ޖުމާދަލްއޫލާ 1444
20 ޑިސެމްބަރ 2022