ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ޓާކިޝް ސްޓޭޓް ތިއޭޓަރސް ފެސްޓިވަލްތަކުގައި ބައިވެރިވުމުގެ ފުރުޞަތު

2023 ވަނަ އަހަރު ތުރުކިއޭގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ސްޓޭޓް ތިއޭޓަރސް އޮފް ދަ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އިން ތުރުކިއޭގެ އެކި ސްޓޭޓްތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޓާރކިޝް ސްޓޭޓް ތިއޭޓަރސް ފެސްޓިވަލްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ. މިފެސްޓިވަލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީ އެވެ.

  1.  SABANCI 24th “INTERNATIONAL ADANA THEATRE FESTIVAL” 2023
  2.  KONYA 15th “A THOUSAND BREATHS, ONE VOICE INTERNATIONAL THEATRE FESTİVAL 20-30 MAY 2023
  3. TRABZON 23rd INTERNATIONAL BLACKSEA THEATRE FESTIVAL 15-30 MAY 2023
  4. BURSA 10th INTERNATIONAL BALKAN COUNTRIES THEATER FESTIVAL “Balkan Breeze” 04 - 18 March 2023
  5. ANKARA 18TH “LITTLE LADIES, LITTLE GENTLEMEN” INTERNATIONAL CHILDREN’S THEATRE FESTIVAL 25 – 30 APRIL 2023

 

މިފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކުގެ ލޯކަލް ހޮސްޕިޓަލިޓީ ހަމަޖައްސައިދެއްވާނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ އަދި އެހެނިހެން ޚަރަދުތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

 

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް މިސެންޓަރަށް ހުށަހެޅުއްވުމަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު މި ސެންޓަރުގެ ވެބްސައިޓްwww.nca.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ. 

20 ޑިސެންބަރު 2022
ހޯދާ