ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގެ ކޮމްޕައުންޑުގެ ފަސްގަނޑުޖަހައި ވެލިއެޅުމަށާއި، ނާސަރީ ގުލްޝަނުގައި އަތުރާފައިވާ ގާތަށް ނަގައި ވެލި އަޅައިދޭނޭ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަަރު AS-B/IU/2014/80 ގެ ދަށުން އަންދާސީހިސާބު އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކުރަމެވެ. އަދި މިކަމަށް އިތުރު ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މި ސްކޫލުގެ ކޮމްޕައުންޑުގެ ފަސްގަނޑުޖަހައި ވެލިއަޅައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.