ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފަޤީރުނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ދަފްތަރުގައި ކުރިން ރަޖިސްޓްރީ ވެފައިވާ އާއިލާތަކުގެ ތެރެއިން 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެއާއިލާއަކުން އަލުން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ
ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ގެކުރިން (ފޯމާއި، ފޯމާއެކު ހުށައަޅާންޖެހޭ ހުރިހާ ލިޔުންތައް ހަމަކޮށް) މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
ފޯމް ދޫކުރުން: |
19 ޑިސެމްބަރ 2022 އިން ފެށިގެން 19 ޖެނުއަރީ 2023 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 13:00 އަށް |
ފޯމް ބަލައިގަތުން: |
22 ޑިސެމްބަރ 2022 އިން ފެށިގެން 19 ޖެނުއަރީ 2023 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 13:00 އަށް |
ފޯމް ދޫކުރުމާއި ބަލާގަތުން އޮންނާނީ މި އިދާރާގެ ކައުންޓަރުގައެވެ. |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.