ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް ޕޫލަށް މީހުން ހޯދުން.

އިޢުލާން

ވޭޖް ޕޫލަށް މީހުން ހޯދުން.

        ޅ.އޮޅުވެލިފުށީ  މިސްކިތްތްކުގެ އިމާމުން، މުދިމުން އަދި މަސައްކަތުމީހުން އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާޗުއްޓީ އަދި ސަލާމް ނަންގަވާ ޙާލަތްތަކުގައި ވަގުތީގޮތުން އެމަޤާމުތަކުގައި މަސައްކަތްކުރުމަށް އެންއަހަރުދުވަހަށް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ވޭޖުޕޫލްގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ޑިސެމްބަރ 2022 ވާ އާދިއްތަދުވަހުގެ 14:00 ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައިޑީކާޑުގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.

ވޭޖް/ޕޫލް މަޤާމުތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް

#

މަޤާމް

ރޭންކު

މަސައްކަތްކުރާ ގަޑިއަކަށް

1

އިމާމު ސަނަދު އޮންނަމީހަކަށް( ނަމާދުކުރާ ވަގުތަކަށް)

GS3

61.00 ރުފިޔާ

2

މުދިމް ސަނަދު ނެއްމީހަކަށް ( ނަމާދުކުރާ ވަގުތަކަށް)

GS1

53.00 ރުފިޔާ

3

މަސައްކަތު ( ނަމާދު ވަގުތަކަށް)

SS1

45.00 ރުފިޔާ

އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އަށް މިއިދާރާގެ 6620075 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

20 ޑިސެންބަރު 2022
ހޯދާ