ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން މާލޭގައި ޤާއިމުކޮށްފައިވާ އޮފީސްތަކާއި އައުޓްލެޓްތަކުގެ އޭސީތައް ކޮންޓްރެކްޓު އުސޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ |
އަންގާރަ |
27 ޑިސެންބަރު 2022 |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
އަންގާރަ |
03 ޖަނަވަރީ 2023 |
15:00 |
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.