ދިވެހިރާއްޖެ
ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކަށް ރަޖިސްޓްރީ ވުމާއި އެ ޚިދުމަތަތަކަށް ބިލު ކުރުމުގެ ގަވާއިދަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން
ޔުޓީލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހެދިފައިވާ ނަންބަރު 17/2022 ޤާނުނު (ޤާނޫނު ނަންބަރު 26/2020، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކަށް ރަޖިސްޓްރީވުމާއި އެ ޚިދުމަތްތައް ބިލްކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ގަވާއިދަށް ޢާންމުންގެ ޚިޔާލުހޯދުމަށް ހުޅުވާލެވިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
ވީމާ، މި ގަވާއިދަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 2023 ޖަނަވަރީ 02 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
މި ގަވާއިދުގެ ޑްރާފްޓްގެ ކޮޕީއެއް މި އިއުލާނާއެކު ވަނީ އަޕްލޯޑު ކުރެވިފައެވެ.
25 ޖުމާދަލްއޫލާ 1444
19 ޑިސެންބަރު 2022