ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލާވާލުމާ ގުޅޭ

            މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި މިރަށުން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 ގެ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

            2022 ވަނަ އަހަރުގެ މުދަލުގެ ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިކުރެވިފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެފަރާތްތަކުން ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް ދަފުތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގައި 19 ޖެނުއަރީ 2023 އަށް 18 އަހަރު ނުވަރަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެއާއިލާއަކުން އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

            މިކަމަށް އެދި ހުށަހަޅާ ފޯމު މިއިދާރާއިން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު މަތީގައިވާ ތާރީޚުތަކުގައި މިއިދާރާއިން ހަމަޖެހިފައިވާނެ ވާހަކަ ދެންނެވީމެވެ.

            ވީމާ، މިކަން އެންގުމަށްޓަކައި ޢާއްމުކޮށް އިޢުލާންކުރީމެވެ.

19 ޑިސެންބަރު 2022
ހޯދާ