ދިވެހިރާއްޖެ
ނަމްބަރު: IZS/IUL/2022/56
ތާރީޚު: 19 ޑިސެމްބަރ 2022
އިޢުލާން
މިސްކޫލްގެ ކެންޓީން ހިންގާދޭނެ ފަރާތެއް ހޯދުން
މި ސްކޫލްގެ ކެންޓީނު އަމިއްލަ ތަކެތީގައި ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ކާބޯތަކެތި ވިއްކުމުގެ ހުއްދަ އޮތް ދިވެހި ވިޔަފާރިތަކަށެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީ ހިސާބު ހުށެހެޅުއްވުން |
2022 ޑިސެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
2022 ޑިސެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޑިސެމްބަރު 19 ން 2022 ޑިސެމަބަރު 22 ގެ 10:00 ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/rL4BgXd9x2XLJtQu5
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341700 އަށެވެ.
އީ-މެއިލް ކުރާނީ [email protected] އަށެވެ.