ދިވެހިރާއްޖެ
އިޢުލާން
ކުޑަހުވަދޫ މިސްކިތުގެ އިމާމުން / މުދިމުން ވަކިވުމުން ނުވަތަ ޕޭލީވް / ނޯޕޭލީވް ނެގުމުގެ ނުވަތަ، އަހަރީ ޗުއްޓީ އާއި އާއިލީޒިންމާ ޗުއްޓީ ނުވަތަ ސަލާމް ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ވަގުތީގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް 1 އަހަރު ދުވަހުގެ މުދައްތައް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޤާމް: |
އިމާމް / މުދިމް |
ބޭނުންވާ ޢަދަދު: 10 ( 18 އަހަރު ފުރި 60 އަހަރު ނުފުރޭ ) |
މަޤާމުގެ ބާވަތާއި މުއްދަތު: |
ވޭޖް އެމްޕުލޯއިމަންޓް އުސޫލުން 01 އަހަރަށް |
|
މުސާރަ: |
މަސައްކަތް ކުރާގަޑިއަކަށް -/61 ރުފިޔާ (އިމާމް) މަސައްކަތް ކުރާގަޑިއަކަށް -/53 ރުފިޔާ (މުދިމް) |
|
ވަޒީފާ އަދާކުރަންޖެހޭތަން: |
ދ.ކުޑަހުވަދޫ މިސްކިތްތައް / ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ |
|
މަސަތްކަތް ކުރަންޖެހޭ ދުވަހާއި ގަޑި: |
ހަފްތާއަކު 7 ދުވަސް، ދުވާލަކު 5 ގަޑީއިރު
|
|
ފެންވަރު ނުވަތަ ޝަރުޠު: އިމާމް: އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން. މުދިމް: ޤުރުއާން ރީއްޗަށް ކިޔަވައެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.
|
||
މަޤާމުގެ މަސައްޢޫލިއްޔަތު: |
|
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
އިންޓަވިއު އޮންނާނީ 2022 ޑިސެމްބަރ 26 ން ފެށިގެން ރަސްމީ 5 ދުވަހުގެ މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
2022 ޑިސެމްބަރ 25 ވަނަ ދުވަހުގެ މެންދުރު ފަހު 13.00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައި ގަންނަވާނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ކައުންސިލް އިދާރާއިން ލިބޭނެއެވެ. 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 3 – ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީއެއް
|
|
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522، 6760667 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. |
މި އިދާރާއިން ނަންބަރު: A-381/IUL/2022/76 ގެ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިލާން ބާތިލްކޮށް އަލުން އިއުލާންކުރީމެވެ.
ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
25 ޖުމާދުލްޢޫލާ 1444