ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖަލްސާއަކަށް ސައުންޑާއި ލައިޓިންގ ހަދައިދޭނެ ފަރާތެއް ހޯދުމަށް

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް މިއަހަރު އައްޑޫސިޓީގައި ފާހަގަކުރުމަށް ހަމަޖެހިފައިވާތީ، ދުވަހާ ގުޅިގެން ބާއްވާ ޖަލްސާއަށް ސައުންޑާއި ލައިޓިންގ ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)168-CA/1/2014/54) އިޢުލާނާ ގުޅިގެން ދެފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 ނޮވެންބަރު 2014 ވާ ހޮނިހިރު ދުވަހުގެ 12:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014
ހޯދާ