ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް
|
މަޤާމް:
|
ސީނިއަރ އޮފިސަރ (ޕާރފޯމަންސް އެނަލިސިސް އެންޑް ކުއަލިޓީ އެޝުއަރަންސް)
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުއަލިޓީ އެޝުއަރެންސް ޕޮލިސީ އަދި ޕްރޮސީޖަރތައް އެކުލަވާލުމުގައި އެހީތެރިވުން.
- ކުއަލިޓީ އެޝުއަރެންސް ސްޓޭންޑާރޑްގެ މިންގަޑުތައް އެކުލަވާލަން އެހީތެރިވުމާއި، އެ މިންގަޑުތައް ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން.
- ހެދޭ ކުއަލިޓީ އެޝުއަރެންސް ސްޓޭންޑާޑްތަކަކީ އެކަމަށް އެކަށޭނަ ސްޓޭންޑާރޑްތަކެއްތޯ ބެލުމުގައި އެހީތެރިވުން.
- ކުންފުނީގެ QMS އަދާހަމަކުރުމަށް ބޭނުންވާނެ މައުލޫމާތު ހޯދައި ބެލެހެއްޓުން. އެގޮތުން، ކުއަލިޓީ އޮޑިޓަރ އަދި ކުއަލިޓީ ކޮންސަލްޓެންޓް ގަބޫލުކުރާ މިންގަނޑު ހިފެހެއްޓުމަށް މަސައްކަތްކުރުން.
- ކުންފުނީގެ QMS ރިވިއުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން. އެގޮތުން، ކުންފުނީގެ ކުއަލިޓީ މެޓްރިކްސް ތައްޔާރުކުރުމާއި، ކުއަލިޓީ ރިވިއުކޮށް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
- ކުއަލިޓީ މަސައްކަތާއި ގުޅޭގޮތުން ރިޕޯޓްތައްޔާރުކުރުން އަދި މަހުން މަހަށް ކުރެވޭ މަސައްކަތްތަށް ފާހަގަ ކޮށް ޑިޕާރޓްމަންޓްގެ މަންތްލީ ރިޕޯރޓް ގައި ހިމެނުން.
- ކުއަލިޓީގެ މަސައްކަތާއި ގުޅޭގޮތުން ބަލަންޖެހޭކަންތައްތައް ބެލުމަށްޓަކައި ބޭރުން އަންނަ ފަރާތްތަކަށް މަސައްކަތުގައި އެހީތެރިވެ އެ މަސައްކަތަށް އެއްބާރުލުން ދިނުން.
- ފާހަގަކުރެވޭ މައްސަލައާއި، މާނަކުރުމާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ލިޔެކިޔުންތައް ފޯރުކޮށްދިނުން
- ލަނޑުދަނޑިތައް ހާސިލްވާކަން ކަށަވަރުކުރުމަށްޓަކައި ހިންގާ ހަރަކާތްތަކާއި މަޤްޞަދުތައް މޮނިޓަރކުރުން އަދި ކުންފުނީގެ ކުއަލިޓީ ސްޓޭންޑާރޑަށް ފެތޭތޯބެލުން.
- ވިޔަފާރި ތަޙުލީލުކުރުން – ސްޓްރެޓެޖީތަކާއި ވިޔަފާރި ހުށަހެޅުމުގެ ޝައުޤުވެރިކަމާއި ފައިދާހުރިކަން ވަޒަންކޮށް ތަޙުލީލުކުރުން
- ކުންފުނީގެ މަޤްޞަދުތައް ފުއްދައިދޭތޯ ބެލުމަށްޓަކައި ސޭލްސް، ކޮސްޓް، އަދި ޕްރޮފިޓް ޕްރޮޖެކްޝަންތައް ތައްޔާރުކުރުން
- ފޯކަސްޓިންގ އަދި ބަޖެޓިންގ ބޭނުންތަކަށް ޕްރޮޑަކްޓް ޕާފޯމަންސްއާބެހޭ ތަފާސްހިސާބު ރިޕޯޓްތައް އުފެއްދުން
- ކެމްޕޭންގެ ޕާފޯމަންސް މިންކުރުމާއި ރިޕޯޓްކުރުމާއި ކޭޕީއައިތައް ވަޒަންކުރުން
|
މަޤާމް:
|
ސީނިއަރ އޮފިސަރ (މާރކެޓް އެނަލިސިސް)
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
މާކެޓިންގ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މާކެޓިންގ ދާއިރާއާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- މާރކެޓަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ކުންފުނިން ދެމުންގެންދާ ޙިދުމަތްތަކުގެ އުސޫލުތަކަށާއި އަގަށް ގެންނަންޖެހޭ ބަދަލުތަށް ދިރާސާކޮށް ހުށަހެޅުން.
- މާރކެޓް ޓްރެންޑަށް އަންނަ ބަދަލުތައް ޤަވައިދުން މޮނިޓަރކުރަމުން ގެންދިއުން.
- އައު އުފެއްދުންތައް ހުށަހެޅުމަށް ގެޕް އެނަލިސިސް ހެދުމާއި ޕްރޮޑަކްޓް ޕްރޮޕޯސަލް ތައްޔާރުކުރުން.
- ޕްރޮޑަކްޓް ޕްލޭނިންގެ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތުތައް ހޯދާ ދިރާސާކުރުން.
- މާރކެޓް ރިސާޗް / ސާރވޭ ކުރުމަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކުރުމާއި ސަރވޭތައް ހިންގުމުގައި އެހީތެރިވުން
- މާރކެޓް އެނަލިސިސް ހެދުމަށްޓަކައި ގުޅުންހުރި ދާއިރާތަކާއި ފަރާތްތަކުގެ މަޢުލޫމާތުތައް ހޯދުން.
- މާރކެޓް ސަރވޭގެ ޑޭޓާ އެންޓްރީ ހެދުމާއި، އެނަލިސިސް ހެދުމާއި ސަރވޭ ރިޕޯޓް ދުވަހުން ދުވަހަށް ހެދުމާއި އަޕްޑޭޓް ކުރުން..
- ޑިޕާޓްމަންޓާއި ކުންފުނީގެ އެހެނިހެން ފަންކްޝަންތަކަށް ބޭނުންވާ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.
- ކޮމްޕްލެކްސް ރިސާޗް ޕްރޮޖެކްޓްތައް ބެލެހެއްޓުމާއި، ނަތީޖާތައް ތަޙުލީލުކުރުމާއި، ހޯދުންތަކަށް ބިނާކޮށް ލަފާ ދިނުން.
- ލަނޑުދަނޑިތައް ހާސިލްވާކަން ކަށަވަރުކުރުމަށްޓަކައި ހިންގާ ހަރަކާތްތަކާއި މަޤްޞަދުތައް މޮނިޓަރކުރުން.
- ޔުނިޓްގެ މަސައްކަތާއި ގުޅުން ހުރި އިދާރީ މަސައްކަތްތައް ކުރުން.
- ބިޒްނަސް ޑެވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް އެހީތެރިވެދިނުން.
|
މަޤާމް:
|
ސީނިއަރ އޮފިސަރ (މާރކެޓިންގ އެންޑް ޕްރޮމޯޝަންސް ޔުނިޓް)
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
މާކެޓިންގ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މާކެޓިންގ ދާއިރާއާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- މާރކެޓިންގ ޔުނިޓް މަސައްކަތްތަކާއި ހުށަހެޅޭ ޙިޔާލު ތަކަށް ބިނާކޮށް މާރކެޓިންގ ކޮންސެޕްޓް ތައްޔާރު ކުރުން.
- އެކި އެކި މާރކެޓިންގ ކޮންސެޕްޓްތަކާއި ގުޅޭ ވީޑިއޯ ގްރަފީ ހެދުން.
- އެކި އެކި މާރކެޓިންގ ކޮންސެޕްޓްތަކާއި ގުޅޭ އައު މައުލޫމާތު އުގެނި، އުގެނިފައިވާ ގޮތަށް މާރކެޓިންގ މަސައްކަތްތައް ރާވާ ޙިޔާލު ފާޅު ކުރުން.
- މާރކެޓިންގ ޔުނިޓްގެ މަސައްކަތްތަކަށާއި ކުންފުނީގެ ހާއްސަ އިވެންޓްތަކަށް މާރކެޓިންގ އާއި ގުޅުންހުރި މަސައްކަތްތައް ކުރުން.
- މާރކެޓިންގ ޕްރޮޖެކްޓްސްތަށް ބޭރު އޭޖެންސީސް، ޕްރިންޓިންގ، އާރޓް ސާރވިސާރސް އަދި ވީޑިޔޯ އެނިމޭޝަންގެ ޙިދުމަތް ދޭ ފަރާތްތަކާއި ގުޅިގެން ހުށަހެޅިފައިވާ ޕްޜޮޖެކްޓްގެ ޑެޑްލައިންއަށް ނިންމުން.
- މާރކެޓިންގ ޓީމް އާއިއެކު ކުންފުނީގެ މާރކެޓިންގ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް މަސައްކަތް ކުރުން.
- ޑިޕާރޓްމަންޓްގެ ފަރާތުން ހިންގާ އެކި އެކި ޕްރޮމޯޝަނަލް މަސައްކަތް ތަކާއި ކޭމްޕެއިން ތަކުގެ މާރކެޓިންގ މަސައްކަތްތައް ކުރުން.
- ޑިޕާރޓްމަންޓްގެ މާރކެޓިންގ ސްޓްރެޓެޖީ އާއި އެއްގޮތަށް މަސައްކަތަށް ބައްޓަންކޮށް އެ ޙާސިލް ކުރުމަށް މަސައްކަތް ކުރުން.
- މާރކެޓިންގ އާއި ގުޅުންހުރި މީޓިންގްތައް ރޭވުމަށް އެހީތެރިވެ، މާރކެޓިންގ ޓީމްއާއި އެކު ސްޓެލްކޯގެ ލަނޑުދަނޑި ތަކާއި އެއްގޮތަށް ސްޓެލްކޯ ބްރޭންޑް ދެމެހެއްޓުމަށް މަސައްކަތް ކުރުން.
- މާރކެޓިންގ ޑިޕާރޓްމަންޓްގެ ގްރެފިކްސް ޑިޒައިން މަސައްކަތްކުރުން.
- މާރކެޓިންގ ޔުނިޓްގެ ފަރާތުން ޑިޒައިންކުރަންޖެހޭ ފްލަޔަރސް، ބްރޯޝާރސް، ލީފްލެޓްސް، ބިލްބޯރޑް ފަދަ މާރކެޓިނގް މެޓީރިއަލްސް ޑިޒައިން ކުރުން.
- ކުންފުނީގެ އުފެއްދުންތަކާއި ޚިދުމަތްތައް އިޝްތިހާރުކުރުމުގެ ގޮތުން، ޑިޖިޓަލް، ޕްރިންޓް އަދި މަލްޓިމީޑިއާ އިޝްތިހާރު ތައްޔާރުކުރުމާއި، ޕްރޫފް-ރީޑްކުރުމާއި، އެޑްވަޓައިޒިންގ ކޮޕީރައިޓިންގގެ މަސައްކަތްކުރުން.
- މާރކެޓިންގ ޔުނިޓްގެ ފަރާތުން އިންޓަރނަލީ އުފައްދަންޖެހޭ ވީޑިއޯތަކުގެ ޕްރީ-ޕްރޮޑަކްޝަން ޕްރޮސެސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ވީޑިއޯ ކޮންސެޕްޓް/ކްރިއޭޓިވް ބްރީފް، ސްޓޯރީބޯޑް، ސްކްރިޕްޓް، އަދި ޝޫޓިންގ ޝެޑިއުލް ތައްޔާރުކުރުން.
- މާރކެޓިންގ ޔުނިޓްގެ ފަރާތުން އިންޓަރނަލީ އުފައްދަންޖެހޭ ވީޑިއޯތައް ޝޫޓް ކުރުމުގައި އިރުޝާދުދީ، ވީޑިއޯ ޑައިރެކްޓްކުރުމުގައި ލަފާދިނުން.
- ކުންފުނިން އިންޓަރނަލީ އުފައްދަންޖެހޭ ވީޑިއޯތަކުގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވީޑިއޯ އެޑިޓިންގ އަދި ވީޑިއޯ ކޮމްޕޮސިޝަން ރެންޑެރިންގ ގެ މަސައްކަތްކުރުން.
- މާރކެޓިންގ ޔުނިޓްގެ ފަރާތުން އިންޓަރނަލީ އުފައްދަންޖެހޭ ވީޑިއޯތަކުގެ ވޮއިސްއޯވަރ ނެރޭޝަން ސްކްރިޕްޓް ތައްޔާރުކޮށް، އަޑުރިކޯރޑްކުރުމާއި، ސައުންޑް އެޑިޓިންގގެ މަސައްކަތް ކުރުން.
- މާރކެޓިންގ ޔުނިޓްގެ ފަރާތުން ކުރިއަށްގެންދާ ހަފުލާތަކަށް ބޭނުންވާ ވީޑިއޯ ބެކްޑްރޮޕް އެނިމޭޝަން ތައްޔާރުކުރުން.
- މާރކެޓިންގ ޔުނިޓްގެ ފަރާތުން ތައްޔާރުކުރަންޖެހޭ 3-D މޯޝަން ގްރެފިކްސް އެނިމޭޝަން، ފްލޭޝް އަދި އެޑޯބް ޕްރިމިއަރ ޕްރޯއިން ސޮފްޓްވެއަރ އިން ތައްޔާރުކުރުން.
- މާރކެޓިންގ ޔުނިޓްގެ ފަރާތުން ކުރިއަށްގެންދާ އިވެންޓްތަކުގެ ސްޓޯލް ކެންވަސް އާރޓްވޯކް ޑިޒައިން، ފްލޯރ ޕްލޭން، އަދި އިވެންޓް ޕްލޭންގެ މަސައްކަތްކުރުން.
- ކުންފުނީގެ އުފެއްދުންތަކާއި ޚިދުމަތްތައް އިސްތިހާރުކުރުމުގެ ގޮތުން، އެޑްވަޓައިޒިންގ ކެމްޕޭން ޕްރޮޕޯސަލް ތައްޔާރުކުރުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
25 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 25 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
25 ޖުމާދަލްއޫލާ 1444
19 ޑިސެންބަރު 2022
|