ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިންޖިނިއަރ (އާރކިޓެކްޓް), އިންޖިނިއަރ (ޑްރާފްޓްސްމަން)

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް

މަޤާމް:

އިންޖިނިއަރ (އާރކިޓެކްޓް)

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/17,510ރ އާއި -/27,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

އާރކިޓެކްޗަރ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވުމާއި އެކު އާރކިޓެކްޗަރއާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

އާރކިޓެކްޗަރ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު އާރކިޓެކްޗަރއާއި ގުޅުންހުރި ދާއިރާއިން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އާކިޓެކްޗުރަލް ޗެކާރއެއްގެގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ އެކި އެކި ޕްރޮޖެކްޓް ތަކަށް ބޭނުންވާ ކޮންސެޕްޓް އެކުލަވާލުން
  • ޕްރޮޖެކްޓް ޑީޓެއިލް ޑިޒައިން ހަދާ ޕްރޮޕޯޒަލް ހެދުން
  • ޕްރޮޖެކްޓް ތަކުގެ ކޮންސެޕްޓް ޑިޒައިންކުރާ ހިސާބުން ފެށިގެން ޕްރޮޖެކްޓް އެކީ ނިމެންދެން ޕްރޮޖެކްޓް ޓީމަށް އެހީތެރިކަން ފޯރުކޮއްދިނުން
  • ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ އިންޖިނިއަރުންނާއި ޕްރޮޖެކްޓް މެނޭޖަރުންނަށް ފަންނީ ލަފާ ބިލްޑިންގް ކޯޑާއި އެއްގޮތައް ދިނުން
  • ކޮންޓްރެކްޓަރުންނާއި އެކީ ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ޕްރޮޖެކްޓްގެ ކޮންސެޕްޓް އަދި ޑިޒައިންއަށ1 އަންނަ ބަދަލުތައް ގެނައުން
  • ޓެންޑަރ ޑޮކިއުމަންޓް އަދި ބީއޯކިއު ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • ޕްރޮޖެކްޓް ސައިޓް ތަކަށް ގޮސް ސާރވޭކޮށް އަދި ޑިޒައިންއަށް އަންނަ ބަދަލުތައް ދެނެގަތުން
  • ބިލްޑިންގ ކޯޑާއި އިމާރާތް ކުރުމާއި ގުޅޭ އެހެނިހެން ގަވާއިދުތަކަށް އަންނަ ބަދަލުތައް ޕްރޮޖެކްޓް ޓީމާއި ހިއްސާ ކުރުން
  • ދާއިރާގެ ބެސްޓް ޕްރެކްޓިސް އަދި އިންޑަސްޓްރީގެ އެންމެ ފަހުގެ މައުލޫމާތު ޕްރޮޖެކްޓް ޓީމާއި ހިއްސާ ކުރުން

މަޤާމް:

އިންޖިނިއަރ (ޑްރާފްޓްސްމަން)

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/17,510ރ އާއި -/27,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

އިމާރާތްކުރުމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވުމާއި އެކު އިމާރާތްކުރުމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

އިމާރާތްކުރުމުގެ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު އިމާރާތްކުރުމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ އެކި އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓެކްނިކަލް ކުރެހުންތަކާއި ޑިޒައިންތައް ހެދުން
  • ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓް އެކުލަވާލުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  • އާކިޓެކްޓުން އަދި އިންޖިނިއަރުންގެ ލަފާގެ މަތިން އޮޓޯކެޑް ބޭނުންކޮށްގެން ޕްރޮޖެކްޓްތަކުގެ ތަފްސީލް ކުރެހުންތައް އެކުލަވާލުން
  • މަސައްކަތް ކުރާ ކޮންޓްރެކްޓަރއަށް ބޭނުންވާ ބީއޯކިއު ހަދަން އެހީތެރިކަން ފޯރުކޮށް ދިނުން
  • ކޮންޓްރެކްޓަރ އާއިއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ ޕްރޮޖެކްޓްގެ ޑިޒައިންއަށް އަންނަ ބަދަލުތައް ދެނެގަނެ އެބަދަލުތައް ކުރެހުމަށް ގެނައުން
  • ޕްރޮޖެކްޓްތަކުގެ ޑިޒައިންގައި ހުންނަ ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ އިންޖިނިއަރުންނާއި މަޝްވަރާކޮށްގެން އެކަންކަން ހައްލު ކުރުން
  • ޕްރޮޖެކްޓް ސައިޓްތަކަށް ގޮސް ކުރެހުންތަކަށް ބޭނުންވާ މައުލޫމަތު އެއްކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

25 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 25 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

25 ޖުމާދަލްއޫލާ 1444

19 ޑިސެންބަރު 2022

19 ޑިސެންބަރު 2022
ހޯދާ