މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް އިންތިޙާބުކުރާ އާންމު މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް  އިންތިޙާބުކުރާ އާންމު މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ 81 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމުގެ އުސޫލު ނަންބަރު: (PP)318-HR/318/2022/1 ގެ 5 ވަނަ މާއްދާގެ ދަށުން ކޮމެޓީއެއް އެކުލަވާލުމަށްޓަކައި އެ މާއްދާގެ (ށ) ގެ 2 ވަނަ އަދަދުގައި ބަޔާންކުރާ ފަދައިން، ބ. ދަރަވަންދޫގެ އާންމު ރައްޔިތުން ތަމްސީލް ކުރާ 03 (ތިނެއް) މެންބަރުން އިންތިޙާބުކުރަން ބޭނުންވެއެވެ.

ވީމާ، ތިރީގައިވާ ޝަރުތުތައް ހަމަވާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޑިސެމްބަރު 22 ވާ ބުރާސްފަތިދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރައަށް ހުށަހެޅުއްވުންއެދެމެވެ.

 

 

ކޮމެޓީ މެންބަރުންގެ ޝަރުތު

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން

(ށ) ދަރަވަންދޫގެ ރަށްވެއްސަކަށްވުން ނުވަތަ ދަރަވަންދޫގެ ރަށްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅުން

(ނ) މި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކުކަމުގައިވުން

(ރ) އަމިއްލަ ނަމުގައި ނުވަތަ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް ނުވަތަ ފްލެޓެއް ރެޖިސްޓްރީކޮށްފައި އޮތުން

(ބ) އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަކީ ދަރަވަންދޫ ކައުންސިލާއި، ބ. އަތޮޅު މަދަރުސާ އަދި ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފަކު ކަމުގައި ނުވުން.

(ޅ) އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަކީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކުކަމުގައި ނުވުން

18 ޑިސެންބަރު 2022
ހޯދާ