ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން22 ޑިސެންބަރު 2022 އިން 19 ޖަނަވަރީ 2023 ގެ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު  13:00 އަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާވެވިފައެވެ.

"ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރިވުމަށް އެދޭ ފޯމު" މިއަދު (19 ޑިސެންބަރު 2022) އިން ފެށިގެން މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އަދި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމު ޙުށަހަޅަންޖެހޭނެ ވާހަކަ ދަންނަވަމެވެ. އެހެންކަމުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރިވުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

25 جَمَادِي الأَوّل 1444

19 ޑިސެންބަރު  2022

19 ޑިސެންބަރު 2022
ހޯދާ